ކިހާދޫޓީމްގެ ސްކޮޑް އާންމުކޮށްފި

0

މިމަހު ފަހުކޮޅު އޭދަފުށީގައި ފަށާ ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި ބައިވެރިވާ ކިހާދޫ ޓީމްގެ ސްކޮޑް އެކުލަވާލައި އާންމުކޮށްފިއެވެ.

ކިހާދޫ ފުޓްބޯޅަ ޓީމުގެ މެނޭޖްމެންޓް ކޮމިޓީން އެކުލަވާލި ފައިނަލް ސްކޮޑުގައި ކިހާދޫގެ ޒުވާން ހުނަރުވެރި ގިނަކުޅުންތެރިންގެ އިތުރަށް ރަށުންބޭރަށް ނިސްބަތްވާ 3 ކުޅުންތެރިން ހިމަނާފައިވެއެ. އެގޮތުން ކ. ހުރާ ޓީމަށް ކުޅެމުން އަންނަ އަހްމަދު ޝިމާޢު އާއި، ކުރިން ބީ.ޖީ އަދި އޭވައި.އެލް އަށް ކުޅެފައިވާ ބ. ހިތާދޫ މުރުތަޟާ އަދުނާން ކިހާދޫޓީމުގައި ހިމަނާފައިވެއެވެ. އަދި ކިހާދޫޓިމަށް 2012 ވަނަ އަހަރުވެސް ކުޅެފައިވާ ނަބީލް މި އަހަރުވެސް ކިހާދޫ ޓީމުން ފެނިގެންދާނެއެވެ.

ޓީމްގައި ހިމެނޭ ކިހާދޫގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި 2012 ވަނަ އަހަރުގެ މުބާރާތުގައި މޮޅުކުޅުމެއް ދެއްކި އަޔާޒް އާއި، ތަޖުރިބާކާރު ކުޅުންތެރިއެއްކަމުގައިވާ ފަޒީލް ފާހަގަ ކޮށްލެވެއެވެ. އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިންގެ ތެރެއިން އީމާން އާއި ފާހިރު ފާހަގަކޮށްލެވެއެވެ.

ކިހާދޫޓީމްގެ ކޯޗަކަށް މިފަހަރު ހަމަޖައްސާފައިވަނީ ކ. ހުރާ ޓީމްގެ އެސިސްޓެންޓް ކޯޗް އަތީފް އަޙްމަދެވެ. އަދި ޓީމްގެ މެނޭޖަރަކީ ހާރޫން ޔޫސުފެވެ. ކިހާދޫ ޓީމުން މައުލޫމާތު ދޭގޮތުގައި ޓީމްގެ ކޯޗް މިމަހުގެ 20 ހާ ތަނުގައި ޓީމާ ގުޅޭނެއެވެ.

މި އަހަރުގެ މުބާރާތަށް ކިހާދޫޓީމް އަންނަނީ ވަރަށް ފޯރިއާއެކު ތައްޔާރުވަމުން ނެވެ. އެގޮތުން ޓީމްގެ ފިޓްނަށް ވަރުގަދަކުރުމަށް ކޮންމެދުވަހަކުވެސް ފަރިތަކުރުންތައް ބާއްވައެވެ. އަަދި މެޗްތަޖުރިބާ އިތުރުކުރުމަށް މެޗުތައްވެސް ކުޅެމުން ދެއެެވެ. އެގޮތުން މިދިޔަ ހުކުރުދުވަހު ވަނީ ކެންދޫ ޓީމާއެކު މެޗެއްކުޅެފައެވެ. ކެންދޫ ދަނޑުގައި ކުޅުނު މިމެޗް 1-1 ދެޓީމް ވަނީ އެއްވަރުވެފައެެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ