މުބާރާތް ހުޅުވައިދޭނީ ކުޑަރިކިލާއި ގޮއިދޫ

0

ބ. އަތޮޅަށް ހުޅުވާލައިގެން އޭދަފުށީގައި މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ “ބ. އެޓޯލް ފުޓްބޯލް ޗެލެންޖް” ގެ ފުރަތަމަ މެޗުގައި ކުޑަރިކިލު އާއި ގޮއިދޫ ބައްދަލުކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ގޮތަށް ހަމަޖެހުނީ ސަލްސާ ރޯޔަލްގައި ގައި މިރޭ އޮތް މުބާރާތުގެ ގުރު ނެގުމުގެ ހަފުލާގަ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ކުޑަރިކިލާއެކު އެ ގްރޫޕްގައި ހިމެނެނީ ގޮއިދޫ އާއި ކިހާދޫ އެވެ. އޭދަފުށި ލައްވާލީ ގްރޫޕް ބީ ގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ފެހެންދޫއާއި ދޮންފަނާއި ދަރަވަންދޫ އެވެ.

މިދިޔަ އަހަރުގެ ރަނާރަފް ކެންދޫ ޓީމު ތަފާތު އެކި ސަބަބުތަކާހުރެ، ފަހު ވަގުތުވަނީ މުބާރާތުން ވަކިވެފަ އެވެ.

މުބަރާތުގެ ސެމީ އަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމެވެ.

މި މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް މިއަހަރުވެސް ވަނީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ފަސް ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި ފުރަތަމަ ޑިވިޝަން ކުޅުންތެރިންގެ އިތުރުން ރަށުން ބޭރު ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ވެސް ޓީމުތަކަށް ވަނީ ދީފަ އެވެ.

މި މުބާރާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭދަފުއްޓަށް ނިސްބަވްތާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް (ޖަމްބޭ) އެވެ.

އޭދަފުށީ ޔޫ ސްޕޯޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން ބާއްވާ މި މުބާރާތުގެ މިއަހަރު މެއިން ސްޕޮންސާ އަކީ އެސްޓީއޯ “ނޫފަހި” ބްރޭންޑް އެވެ. އަދި ކޯ ސްޕޮންސާ އަކީ މޯލްޑިވިއަން އެވެ.

ޚަބަރު:އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ