ބ.އަތޮޅުގެ ރިސޯޓްތަކުގެ 55 ޕަސެންޓް މުވައްޒަފުންނަކީ ބިދޭސީން

0

ބ. އަތޮޅުގެ ރިސޯޓްތަކުގައި ޖުމްލަ 2418 މީހުން މަސައްކަތް ކުރާއިރު އޭގެތެރެއިން 55 ޕަސެންޓް މީހުންނަކީ ބިދޭސީންކަމަށް އެންމެ ފަހުގެ ބޯހިމުނުގެ ނަތީޖާެއިން ދައްކައިފިއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ އާންމުކުރި ބޯހިމެނުމުގެ ނަތީޖާތައް ދައްކާ ގޮތުން، ބ. އަތޮޅުގެ ރިސޯޓް ތަކުގައި ޖުމްލަ 1391 ބިދޭސީން މަސައްކަތްކުރާއިރު ދިވެހިންގެ ޖުމްލަ އުޅެނީ 1027 ގައެވެ. އަދި ސިނާއީ މަސައްކަތް ކުރާރަށްރަށުގައި 1223 ބިދޭސީން އުޅޭއިރު ދިވެހިންގެ ޖުމްލަ އަދަދަކީ 103 އެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގެ އާބާދީއަށް ބަލާއިރު އެންމެ ކުޑަ އާބާދީއެއް އޮތީ ފެހެންދޫގައެވެ. އެއީ 99 ދިވެހިންނާއި 8 ބިދޭސީންނެވެ. އާބާދީ އެންމެ ބޮޑީ އޭދަފުށިގައެވެ. އޭދަފުށީގައި ޖުމްލަ 2513 ދިވެހިން އުޅޭއިރު 113 ބިދޭސީން ދިރިއުޅެއެވެ.

ބ. އަތޮޅުގައި ބިދޭސީން އެންމެ ގިނައިން ދިރިއުޅެނީ ކަމަދޫގައެވެ. ކަމަދޫގެ ޖުމްލަ އާބާދީ 471 ގައި އުޅޭއިރު އާބާދީގެ 29 ޕަސެންޓަކީ ބިދޭސީން ނެވެ. އަދި އެންމެ ބާރަށް އަހަރަކަށް ދިވެހިންގެ އާބާދީ އިތުރުވަމުންދާ ރަށަކީވެސް ކަމަދޫއެވެ. އެގޮތުން ކަމަދޫގެ އާބާދީ އިތުރުވާ ރޭޓަކީ އަހަރަކަށް 4.34 އެވެ.

ކިހާދޫގެ އާބާދީއަށް ބަލާއިރު ދިވެހިންގެ ޖުމްލަ އަދަދު އުޅެނީ 347 ގައެވެ. އަދި ބިދޭސީންގެ ޖުމްލަ އަދަދަކީ 17 އެވެ. އެހެންކަމުން ކިހާދޫގެ ދިވެހި އާބާދީ ވަނީ ކަމަދޫ އަދި ދޮންފަނަުގެ އާބާދީއަށްވުރެ ކުރިއަށް ޖެހިލާފައެވެ.
.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ