ލަނޑާގިރާވަރާއެކު ކުޅުނު އެކުވެރިކަމުގެ ފުޓްބޯޅަމެޗް ކާމިޔާބުކޮށްފި

0

މިމަހު 29 ގައި އޭދަފުށީގައި ފަށާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވަމުންދާ ކިހާދޫ ޓީމް ލަނޑާގިރާވަރުގެ ޓީމާއެކު ކުޅުނު އެކުވެރިކަމުގެ މެޗް ކިހާދޫ ޓީމް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ކިހާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މި މެޗް ކިހާދޫޓީމް ކާމިޔާބުކުރީ 2-0 އިންނެވެ. ކިހާދޫ ޓީމްގެ ފަރާތުން ރަނގަޅުކުމެެއް ފެނިގެންދިޔަ މި މެޗުގައި ކިހާދޫޓީމްގެ 2 ގޯލްވެސް ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް އީމާނެވެ.

ޖުމްލަ 7 ޓީމް ބައިވެރިވާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫ ޓީމް ދަނީ ވަރަށް ފޯރިއާއެކު މަސައްކަތްކުރަމުންނެވެ. އެގޮތުން ކޮންމެދުވަހަކުވެސް ފަރިތަކުރުުންތައް ބާއްވައެވެ. އަދި އެކުވެރިކަމުގެ މެޗްތައްވެސް ކުޅެމުންގެންދެއެވެ. މިދިޔަ ހަފްތާބަންދުގައި ކެންދޫޓީމާއެކު ކެންދޫ ދަނޑުގައި ކުޅުނުމެޗް ވަނީ 1-1 އިން އެއްވަރު ވެފައެވެ.

ބ. އަތޮޅު މުބާރާތުގައި ކިހާދޫ މިފަހަރު ހިމެނެނީ ގޮއިދޫ އަދި ކުޑަރިކިލާއެކު ގްރޫޕް ބީ ގައެވެ. ކިހާދޫގެ ފުރަތަމަ މެޗުގައި ޑިސެންބަރު މަހުގެ 1 ވަނަދުވަހު ގެ ހަވީރު ބައްދަލު ކުރާނީ ކުޑަރިކިލާ ޓީމާއެވެ. އަދި ދެވަނަ މެޗު ކުޅޭނީ ޑިސެންބަރު 3 ވަނަދުވަހު ހަވީރު ގޮއިދޫއާއެކުގައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ