އާ ކޯޗަކަކާއެކު ކިހާދޫޓީމަށް ބަދަލު ގެނެސްފި

0

މިމަހު 29 ގައި އޭދަފުށީގައި ފަށާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވަމުންދާ ކިހާދޫ ޓީމްގެ ސްކޮޑަށް ބަދަލު ގެނެސްފިއެވެ. އެގޮތުން ކުރިން ޓީމްގައި ހިމަނާފައިވާ ބ. ހިތާދޫ މުރުތަޟާ އަދުނާނުގެ ބަދަލުގައި މިހާރު ޓީމުގައި ހިމަނާފައިވަނީ ކ.ހުރާ ޓީމްގެ ކެޕްޓަން ހުސައިން ނަސީރު (ނަސީ) އެވެ.
އަދި ޓީމުގެ ހެޑްކޯޗްގެ ގޮތުގައިވެސް މަސައްކަތްކުރާނީ ނަސީއެވެ.

ކިހާދޫ ޓީމުން މައުލޫމާތު ދިންގޮތުގައި މި ގެނައި ބަދަލުގެ ސަބަބުން ޓީމުގެ މެދުތެރެވަރުގަދަވެ ޓީމުގެ ބަޖެޓަށްވެސް ލުއިވެގެންދާނެއެވެ. އަދި މާދަމާގެ ވަގުތެއްގައި ނަސީ ކިހާދޫއަށް އައުމަށް ހަމަޖެހިފައިވާކަމަށްވެސް ޓީމުން މައުލޫމާތުދެއެވެ.

ބ. އަތޮޅު މުބާރާތުގައި ކިހާދޫ މިފަހަރު ހިމެނެނީ ގޮއިދޫ އަދި ކުޑަރިކިލާއެކު ގްރޫޕް ބީ ގައެވެ. ކިހާދޫގެ ފުރަތަމަ މެޗުގައި ޑިސެންބަރު މަހުގެ 1 ވަނަދުވަހު ގެ ހަވީރު ބައްދަލު ކުރާނީ ކުޑަރިކިލާ ޓީމާއެވެ. އަދި ދެވަނަ މެޗު ކުޅޭނީ ޑިސެންބަރު 3 ވަނަދުވަހު ހަވީރު ގޮއިދޫއާއެކުގައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ