18 ވަނަ ޔޫތުކަޕް ފުޓްބޯޅަ މުބާރާތް ޑިސެންބަރ 20 ގައި ފަށަނީ

0

ކޮންމެ އަހަރެއްގެ ބޮޑުޗުއްޓީއާ ދިމާކޮށް ކިހާދޫގައި ކުރިޔަށް ގެންދާ ޔޫތްކަޕް ފުޓްބޯޅަ މުބާރާތް މި ޑިސެންބަރ މަހުގެ 20 ގައި ފެށުމަށް ހަމަޖައްސައިފިއެވެ. އެގޮތުން މިއީ މިމުބާރާތް ބާއްވާ 18 ވަނަ ފަހަރެވެ.

މުބާރާތުގެ ކަންތައްތައް ހިންގާ ކޮމެޓީން އެދިފައިވަނީ މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން މި މަހުގެ 13 ވަނަދުވަހުގެ18:00 ކުރިން އެކަން އަބްދުﷲ ފައިސަލް އަންގާލަ ދިނުމަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ކޮންމެ ޓީމަކުންވެސް 3 އޮފިޝަލުން ( 1 ރެފްރީ، 2 ލައިންސްމަނުން) ނަމާއި މުބާރާތުގެ ފީ (1000 ރުފިޔާ) ފައިސަލް ހަވާލުކުރުމަށް ވެސް އެދެއެވެ. އަދި ޓީމުގައި ހިމަނަން ބޭނުންވާ ރަށުން ބޭރު 2 ކުޅުންތެރިންގެ ނަން ހުށައެޅުމުގެ އެންމެ ފަހުތާރީޚަކީ 19 ޑިސެންބަރެވެ.

ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ ކިހާދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވާ ރަށުގެ ކުޅުންތެރިންގެ ފެންވަރު ރަގަޅުކުރުމަށް ބާއްވާ މުބާރާތެކެވެ. 2013 ވަނަ އަހަރު މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ އޯސަމްޑީލް ޔޫތުކަޕް ފުޓްބޯޅަ މުބާރާތުގެ ނަމުގައެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޗެލެންޖާސް އެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ