އަމިއްލަފުށި ރިސޯޓް ޑިސެންބަރު21 ގައި ހުޅުވަނީ

0

ދަ ސްމޯލް މޯލްޑިވްސް އައިލެންޑުން ބ. އަތޮޅު ފިނޮޅަހުގައި ތަރައްގީ ކުރަމުންދާ “އަމިއްލަފުށި” 83 އިންސައްތަ ދިވެހި މުވައްޒަފުންނާ އެކު ބ. އަތޮޅުގެ ރިކޯޑު މުގުރާލައި ޑިސެންބަރު 21 ގައި ހުޅުން ނިންމައިފި އެވެ.

ދިވެހި ސަގާފީ ނަންތަކުން މަގާމުތަކަށް ނަންދީފައިވާ އެ ރިޒޯޓުގެ ޕްރީއޯޕަނިންގ ޓީޝާޓުތައް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން “އަމިއްލަފުށި” ގެ ބޮޑުކަތީބު މރ ޓޮމްމެކްލޮފްލިންގ ވިދާޅުވީ މިއީ ބ. އަތޮޅަށާއި ރާއްޖެއަށް ނަމޫނާ ރިޒޯޓަކަށް ވެގެންދާނެ ކަމަށެވެ.

Amillafushi

އަމިއްލަފުށި ފޮޓޯ- އަމިއްލަފުށި

އަމިއްލަފުށީގެ މެނޭޖުމަންޓުގެ އިސް މަގާމުތަކުގައި ގިނައީ ދިވެހިންކަން ފާހަގަ ކޮށްލެވެއެވެ. އަދި 250 އަށްވުރެ ގިނަ މުވައްޒަފުން އުޅޭ އެ ރިޒޯޓުގެ 83 އިންސައްތަ މުވައްޒަފުންނަކީ ދިވެހިނެވެ.

މިއަހަރު ރާއްޖޭގައި ބޭއްވި ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން ބ. އަތޮޅުގެ ރިޒޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 55 އިންސައްތަ މުވައްޒަފުންނަކީ ބިދޭސީންނެވެ.

ޓްރެވަލް ޑެއިލީއަށް މައުލޫމަތު ދެއްވަމުން އަމިއްލަފުށީގެ ބޮޑުކަތީބު ވިދާޅުވީ ރާއްޖޭގެ އެހެން ލަގްޒަރީ ރިޒޯޓުތަކާއި ހިލާފަށް އަމިއްލަ ފުއްޓަށް ޒިޔާރާތް ކުރާ ފަތުރުވެރިންނަށް ގިނަ ޚިދުމަތްތަކެއް އިތުރު ފީއަކާއި ނުލާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން ވައިފައި އިންޓަނެޓައި ވޯޓަ ސްޕޯޓްސްއާއި ބްރެކްފަސްޓާއި ކޮންމެ ދުވަހަކު ކޮންމެ ފަތުރުވެރިއަކަށް 15 މިނެޓުގެ ސްޕާޓްރީޓްމެންޓް ލިބޭނެ ކަމަށެވެ.

އަމިއްލަ ފުއްޓަކީ ބ. އަތޮޅުގައި ހުޅުވޭ 9 ވަނަ ރިޒޯޓެވެ. މި ރިޒޯޓަކީ “ވޯލްޑްހޮޓެލެސް” ގެ ރާއްޖޭގައި ހުޅުވޭ ފުރަތަމަ މެންބަރ ހޮޓަލްވެސްމެ އެވެ.

ޚަބަރު: އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ