2014 ވަނަ އަހަރުގެ އޯލެވެލް ، ގައުމީ ގަދަ ދިހައެކުން ކިހާދޫ ސްކޫލުގެ ދަރިވަރަކު ޖާގަ ހޯދައިފި

1

މިދިޔަ އަހަރު އޯލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ، ޤައުމީ ގަދަ ދިހައެއްގައި ކިހާދޫ ސްކޫލުގެ ދަރިވަރަކު ހިމެނިއްޖެއެވެ.
2 މާއްދާއިން އޭ ސްޓާރ ، 3 މާއްދާއިން އޭ ފާސް އަދި 3 މާއްދާއި ބީ ފާސް ހޯދައިގެން ، ގައުމީ ގަދަ ދިހައެއްގެ 6 ވަނައިގައި ހިމެނިފައިވަނީ ، ބ. ކިހާދޫ ، އިރުވެލި މަރްޔަމް ޙަމްދާ އެވެ. ޙަމްދާ އަކީ ، ސްކޫލުތެރޭގައްޔާއި ބޭރުތެރޭގައިވެސް އަޚުލާޤު ރަނގަޅު ، އިތުރު ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވާ އަދި ގިނަ މުދައްރިސުންގެ ލޯބި ލިބިފައިވާ ، ކިޔެވުމަށް ހިތްވަރާއެކު ބުރަކޮށް މަސައްކަތް ކުރި ދަރިވަރެކެވެ.
މި އެވޯޑަށްފަހު “ކޭ.އެލް” އާ ވާހަކަ ދައްކަމުން ޙަމްދާ ބުނީ ، މީ ވަރަށް އުންމީދުކުރި ދުވަހެއްކަމަށާއި ،އަދި މި ކާމިޔާބީއަކީ ސްކޫލާއި އުފަން ރަށަށްވެސް ހޯދައިދެވުނު ފަޚުރެއް ކަމަށް ޤަބޫލުކުރާކަމަށެވެ. އަދި މިފަދަ ކާމީޔާބެއް ލިބުމުން ، އާއިލާގެ އެންމެހައި މެމްބަރުންނަށާއި ސްކޫލުގެ އިސްވެރިންނާއި މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާކަމަށެވެ.
ކިހާދޫ ސްކުލޫގެ އިތުރުން ބ. އަތޮޅުގެ ބައެއް އެހެން ސްކޫލުތަކުންވެސް ވަނީ ޤައުމީ ގަދަ ދިހައަކުން ޖާގަ ހޯދާފަ އެވެ.
ވޭތުވެދިޔަ އަހަރު ގަދަ ދިހައަކުން ރާއްޖޭގެ 475 ދަރިވަރަކު ވަނީ ޖާގަ ހޯދާފަ އެވެ. އަދި އެކި މާއްދާތަކުން 100 ޕަސެންޓް މާކްސް ހޯދައިގެން ދުނިޔޭގެ ގަދަ ދިހައެއްގެ އެއް ވަނަ ދިވެހި 5 ދަރިވަރުން ހޯދިއިރު ރާއްޖޭގެ އެއްވަނަ 45 ދަރިވަރަކު ވަނީ ހޯދައިފަ އެވެ.

ޝެއާކުރައްވާ

1 Comment

  1. މިދުވަސް ވަރަކީ ހުންމާއި ރޯގާ އުޅޭދުވަސްވަރެއްކަމުން މިކަމުގާ ސްކޫލުން ޢެކަމައްހޭލުންތެރިވޭތޯބަލާލުން އެދެން. އަދި ތިފަރާތުންވެސް އެކަމުގާ އެއްބާރުދެއްވުން އެދެން.

ޚިޔާލު ފާޅުކުރަށްވާ