ކިހާދޫގައި އެސްޓީއޯގެ ބޭސްފިހާރައެއް ހުޅުވައިފި

0

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ އެސްޓީއޯ ފާމަސީއެއް ގާއިމް ކުރުމަށް އެސްޓީއޯއާ ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ބ.ކިހާދޫގައި ބޭސްފިހާރައެއް ހުޅުވައިފިއެވެ.

ކިހާދޫގައި މި ހުޅުވުނު ބޭސްފިހާރަ އިން އާސަންދައާއި އެކު ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ވަނީ ފަށާފައެވެ.

އަދި މިފާމަސީއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ 162 އަށް ބަދަލުވެފައެވެ.

މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތް އަދި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ