ކިހާދޫ ސުކޫލުގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ ބާއްވައިފި

0

ބ.ކިހާދޫ ސްކޫލްގެ 2015 ވަނަ އަހަރުގެ އަހަރީ އިނާމްދިނުމުގެ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާ ޝަރަފްވެރިކޮށް ދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕޮލިސީ ޕޮލޭނިން އެންޑް ރިސާރޗް ސެކްޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އިބާހިމް އާސިފް އެވެ. މިޖަލްސާގައި ކީހާދޫ ސްކޫލުގެ 59 ދައިވަރަކު އިނާމް ހާސިލްކޮށްފައިވެއެވެ.

ވޭތުވެދިޔައަހަރު ކިހާދޫ ސްކޫލުގެ އެންމެ މޮޅުދަރިވަރަކަށް ހޮވިފައިވަނީ މަރިޔާމް ހަމްދާއެވެ. ހަމްދާވަނީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި 2 އޭ ސްޓާ، 3 އޭ އަދި 3 ބީ ހޯދާފައެވެ. ހަމްދާވަނީ މިނަތީޖާއާއެކު ނެޝަނަލް ޓޮޕްޓެންގެ 6 ވަނަވެސް ހޯދާފައެވެ.

ކިހާދޫސްކޫލްގެ އިނާމްދިނުމުގެ ޖަލްސާަގެތެރެއިން

ކިހާދޫސްކޫލްގެ އިނާމްދިނުމުގެ ޖަލްސާަގެތެރެއިން

މިޖަލްސާގައިވަނީ ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި ކިހާދޫ ސްކޫލުން އެންމެރަންގަޅު ނަތީޖާ ހޯދާ 3 ދަރިވަރަކަށް ކިހާދޫ ކައުންސިލުންދޭ ފައިސާގެ އިނާމުވެސް ހަވާލުކޮށްފައެވެ. އެގޮތުން އެއްވަނަލިބިފައިވަނީ މަރިޔަމް ހަމްދާއަށެވެ. 2 ވަނަ އަދީލާއަށް ލިބުނުއިރު 3 ވަނަ ލިބިފައިވަނީ ޒީނާއަށެވެ.

މިޖަލްސާގެ ޝަރަފުވެރި މެހެމާން ދެއްކެވިވާހަކަފުޅުގައި ކުޑަ ސްކޫލަކާ އަޅާބަލާއިރު ކިހާދޫ ސްކޫލް ހޯދާފައިވާ ކުރިއެރުމަށް ތައުރީފު ކޮށްފައިވެއެވެ. އެގޮތުން އާންމުކޮށް ސްކޫލްތަކުގައި އޯލެވެލް ނިންމާ ކުދިންގެ ފާސްވާ އިންސައްތަ އުޅެނީ 50 އިންސައްތައިގައި ކަމަށާއި، ނަމަވެސް ކީހާދޫ ސްކޫލޫގެ އޯލެވެލް ނިންމި ކުދިންގެ ފާސްއިންސައްތައަކީ 71 އިންސައްތަކަން ފާހަގަކޮށް، މިއީ ސެލިއުޓް ނަގަން ޖެހޭވަރުކަމެއްކަމަށް ވިދާޅުވިއެވެ. އަދި ލިބެންހުރި މަދު ވަސީލަތްތަކާއެކުވެސް މިފަދަކާމިޔާބީއެއް ހާސިލްކޮށްފައިވާތީ ބޮޑެތި އެހެންސްކޫލުތަކުން ގިނަވަސީލަތް ތަކާއެކު މިފަދަ ކާމިޔާބީ ނުހޯދެނީ ކީއްވެތޯ ސުވާލު ކުރެއްވި ވެއެވެ. ޝަރަފުވެރި މެހެމާނު ފާހަގަ ކުރެއްވިގޮތުގައި މިކާމިޔާބީއަކީ ރަށުގެދަރިން ރަށުގެ ތައުލީމަށް ކުރަށްވަވާ ބުރަމަސައްކަތުގެ ނަތީޖާއެވެ. ޝަފުވެރި މެހެމާނުގެ ވާހަކަފުޅުން ފާހަގަކުރެވުނު އެންމެމުހިންމު ކަމަކީ އަންނައަހަރު ކިހާދޫސްކޫލުގައި މިކްސްޑް ސްޓްރީމެއް ތައާރަފް ކުރެވޭނެކަމުގެ އުފާވެރި ޚަބަރެވެ.

ކިހާދޫސްކޫލްގެ އިނާމްދިނުމުގެ ޖަލްސާަގައި ޝަރަފްވެރި މެހެމާން ވާހަކަފުޅު ދައްކަވަނީ

ކިހާދޫސްކޫލްގެ އިނާމްދިނުމުގެ ޖަލްސާަގައި ޝަރަފްވެރި މެހެމާން ވާހަކަފުޅު ދައްކަވަނީ

ގްރޭޑު 10 އަކާހަމައަށް ކިޔަވަދޭންފެށިފަހުން ކިހާދޫ ސްކޫލް އަންނަނީ ގިނަކާމިޔާބީތަކެއް ހަސިލްކުރަމުންނެވެ. އެގޮތުން ކިހާދޫ ސްކޫލްގައި 2011 ވަނައަހަރުންފެށިގެން އޯލެވެލްއާ ހަމައަށް ކިޔަވަދެމުން އަންނައިރު 2 އަރަކުވަނީ ނެޝަނަލް ޓޮޕްޓެންގައި ކިހާދޫގެ ދަރިވަރުން ހިމެނިފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ