ކަމަދޫ ކައުންސިލު ފުޓްސަލް މުބާރާތް ޑިސެމްބަރު 1 ގައި

0

1 ޑިސެމްބަރ 2015 ގައި ކަމަދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާޢްވާ “ކައުންސިލް ފުޓްސަލް ޓޯނަމަންޓް 2015” ގެ ނަމުގައި މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތް ކަމުގައިވާ ކަމަދޫ ކައުންސިލުން ވިދާޅުވީ މިމުބާރާތުގައި 5 ޓީމް ވާދަކުރާކަމަށެވެ. މިމުބާރާތުގެ މަގުސަދަކީ ކަމަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް އިޖުތިމާޢީ ރޫޙާއި ކުޅިވަރުގެ ރޫޙް އާލަކޮށް، ކަމަދޫގައި ފުޓްބޯޅަ ކުރިއެރުވުމާއި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދިނުންކަމަށް ކައުންސިލުން މަޢުލޫމާދު ދޭ،

މިމުބާރާތުގެ ވަނަތައް ހޯދާ ޓީމުތަކަށް ފައިސާގެ އިނާމު ވަނީ ހުށަހަޅާފައެވެ. މީ މިމުބާރާތް ކައުންސިލްގެ ފަރާތުން ބާއްވާ 3 ވަނަ ފަހަރެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ދިރާގެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ