ކިޑްސްގެ ފަރާތުން ކިހާދޫ ސްކޫލްގެ ގްރޭޑު 10ގެ ދަރިވަރުންނަށް ޕާސްޓް ޕޭޕަރު ހަދިޔާކޮށްފި

0

ކިހާދޫ ޑިވަލޮޕްމަންޓް ސޮސައިޓީ (ކިޑްސް) ގެ ފަރާތުން 2016 ވަނައަހަރު ކިހާދޫ ސްކޫލްގެ ގްރޭޑު 10ގައި ކިޔަވަމުންދާ ދަރިވަރުންނަށް އިސްލާމް ޕާސްޓް ޕޭޕަރު ހަދިޔާކޮށްފިއެވެ. މިރަސްމިޔާތު އޮތީ އިއްޔެ ކިހާދޫ ސްކޫލްގައެވެ. ސްކޫލްގެ ފަރާތުން ޕާސްޓް ޕޭޕަރުތަކާ ހަވާވާލުވެލެއްވީ ކިހާދޫ ސްކޫލުގެ ޕްރިންސިޕަލް ހާރޫން ޔޫސުފެވެ.  އަދި ކިޑްސްގެ ފަރާތުން ކިހާދޫ ސްކޫލާ ޕާސްޓް ޕޭޕަރުތައް ހަވާކޮށްދެއްވީ ހިންގާކޮމެޓީގެ މެންބަރު މުޙައްމަދު އަޝްރަފެވެ.

ކިހާދޫ ލައިވްއަށް މައުލޫމަތު ދެއްވަމުން ކިޑްސްގެ ރައީސް އިބްރާހީމް ވަސީމް ވިދާޅުވީ މިފަހަރު ދެވުނީ އިސްލާމް ޕާސްޓްޕޭޕަރު އެކަނި ކަމުގައިވިޔަސް، ކިޑްސްގެ އަމާޒަކީ ކުރިޔަށް އޮތްތަނުގައި ހުރިހާ މާއަދާއަކުން ޕާސްޓްޕޭޕަރު އަދި މާކިންސްކީމް ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދިނުންކަމުގައެވެ.  މީގެކުރިންވެސް ކިޑްސްއިންވަނީ ކިހާދޫ ސްކޫލްގެ ލައިބްރަރީއަށް ފޮތްހަދިޔާ ކޮށްފައެވެ.

ވޭތުވެދިޔަ ކުރުމުއްދަތައް ބަލާއިރު ކިޑްސް ފާހަގަކުރެވެނީ ހަރަކާތްތެރި ޖަމްޢިއްޔާއެގެ ގޮތުގައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ