ބ.ކިހާދޫ ހެލްތު ސެންޓަރ އާއި ކިހާދޫ ކައުންސިލް ގުޅިގެން ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކޮށްފި.

0

ރައްތިޔުންގެ އެއްބާރުލުމާއެކު ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކިހާދޫ ހެލްތު ސެންޓަރ އާއި ކިހާދޫ ކައުންސިލާ ގުޅިގެން އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.
ރަށުތެރޭގައި އުފެދޭ ކުނިބުނި ނައްތާލުމަށް ދޭތެރެދޭތެރިން ކުރިޔަށް ގެންދާ މި މަޝްރޫޢުގެ ސަބަބުން ރަށުގައި އުފެދޭ ފަނާނުވާ ޒާތުގެ ކުނިބުނި މަދުވާކަމީ އުފަލާއެކު ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. މިޒާތުގެ ކުނިބުނި އެޅުމަށްޓަކައި ކިހާދޫ ކައުންސިލުން ރަށުގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ޑަސްބިންތަކުގެ ބޭނުން އެދެވޭގޮތުގައި ރައްޔިތުން ހިފާނަމަ ރަށުގެ އެކިއެކި ސަރަހައްދުތަކުން އެފަދަ ކުނިބުނި އެއްގޮތަކަށްވެސް ފެނިގެން ނުދާނެއެވެ.
ކަން މިހެން ހުރިނަމަވެސް ހިތާމަޔަކީ ރަށުގެ ބައެއް ސަރަހައްދުތަކުން ދަޅުފުޅި، އަދި ބޭނުންނުކުރާ ޕްލާސްޓިކް ފަދަތަކެތި އެތައްމިތަނަށް އުކާފައި ހުރުމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ