ބ.ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް އަޅަނީ

0

ބ.ކިހާދޫގައި ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރެއް އެޅުމައްޓަކައި 223500 އަކަފޫޓްގެ ބިމެއް މިނިސްޓްރީފް އެޑިއުކޭޝަނަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ކިހާދޫ ކައުންސިލުން ބުނެފިއެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ މިބިމަށް އަރާ މީސްމީހުންގެ ރުއްގަހުގެ ބަދަލު ހަމަޖެއްސުމުގެ މަސައްކަތާއި ، އިންފާހަގަކުރުމަށް މަގުސާފުކުރުމުގެ މަސައްކަތެވެ.
މިއީ މިނިސްޓްރީއޮފް އެޑިޔުކޭޝަނާއި ކޯސްޓްލައިން ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. އެގޮތުން މިސެންޓަރ ކިހާދޫގައި އެޅުމުގެ މަސައްކަތާއި އެތަންހިންގުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ކޯސްޓްލައިނާއެވެ. އަދި މިސެންޓަރުގައި ކިޔަވާދެއްވާނެކަމަށް މަޢުލޫމާތު ލިބިފައިވަނީ ޓޫރިޒަމް ދާއިރާއަށް ޙާއްސަކޮށްގެން މުޅިރާއްޖޭގެ ދަރިވަރުންނަށް ހިލޭ ކިޔެވުމުގެ ފުރުސަތު ލިބޭނެގޮތަށެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ