އޭދަފުށީ ކައުންސިލްގެ ގުރުއާން މުބާރާތް ޖުލައި 15 ގައި

0

ބ. އޭދަފުށީ ކައުންސިލުން ރަށު ފެންވަރުގައި ބާއްވާ ޤުރުޢާން މުބާރާތް އަންނަ މަހު 15 ގައި ފަށާގޮތަށް ހަމަޖައްސައިފި އެވެ.
މި މުބާރާތުގެ މަޤުސަދަކީ މިއަހަރުގެ ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ އަތޮޅު މުބާރާތުގައި ތަމްސީލުކުރާނެ ދަރިވަރުން ހޮވުމަށް ބާއްވާ މުބާރާތެކެވެ.
މުބާރާތް ހުޅުވާލާފައިވަނީ މި ރަށުގައި ހިންގާ ސްކޫލް ތަކަށާއި ޤުރުޢާން ކްލާސް ތަކަށް ހުޅުވާލައިގެންނެވެ. މި މުބާރާތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އަތޮޅު މުބާރާތުގައި ތަމްސީލުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ