ކައުންސިލަރުންނަށް ވޯޓް ދިނުމުގެ ކުރިން…..

0

ރަށްރަށުގެ ކައުންސިލް މެމްބަރުންނަކީ ވަރަށް ބޮޑު ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް އެބައެއްގެ ކޮނޑުގައި އަޅަންޖެހިފައިވާ ބައެކެވެ.
3އަހަރުދުވަހުގެ މުއްދަތަކަށް ރައްޔިތުންގެ ޝަކުވާތަށް އަޑުއެހުމާއެކު އެޝަކުވާތަކަށް އަވަސް ހައްލެއް ހޯދައިނުމުގެ އިތުރުން ރަށުގެ ތަރައްޤީއަށް ކޮންމެވެސް ކަމެއްކޮށްދޭނެކަމުގެ އުއްމީދުގައި ކޮންމެ ރަށެއްގެވެސް ރައްޔިތުން ވޯޓްދީގެން ހޮވަނީ ހަމަގައިމުވެސް ކުރާ ފޮނިއުއްމީދުތަކެއްގެ ބޮޑުކަމުންނެވެ. ވޭތުވެދިޔަ ކައުންސިލުން ކޮށްދިން ކަންކަމަށްވުރެ އިތުރު ކަންކަން ކޮށްދޭނެކަމަށް އުއްމީދުކޮށްގެންނެވެ. އެހެނަސް ގިނަ ފަހަރަށް އަޅުގަނޑުމެން ކައުންސިލަށް ހޮއްވަވާ ފަރާތްތަކުގެ ކުޅަދާނަ ކަމާއި ގާބިލް ކަމުގެ މައްޗަށް ވިސްނައި އެކަމަށްޓަކައި މާބޮޑު ސަމާލުކަމެއް ދެވިފައެއް ނޯވެއެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންނަށް ލިބޭ ކުޑަކުޑަ ލާރިކޮޅަކަށް ނުވަތަ އޮންނަ ޒާތީކަންތައްތަކެއްގެ ސަބަބުން ވޯޓް ވިއްކާލުމުގެ ރޫހް އެންމެންގެ ތެރޭގައިހެން ވަނީ ވަކި ހިއްޕާލާފައެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މުސްތަގްބަލަށްޓަކައި ފޮނި އުންމީދުތަކެއް ހާސިލްކުރުމަށް އެދޭ ބަޔަކަށް ވީހިނދު މިފަދަ ގޮތަކަށް އަޅުގަނޑުމެންނަށް ލިބިފައިވާ ބާރު ދޫކޮށްލައިގެންނުވާނެއެވެ
.
ނިމިގެން ދިޔަ ދައުރުތަކުގައި އަޅުގަނޑުމެން އިންތިޚާބްކޮށްފައިވާ ބޭފުޅުން މިއިމްތިހާނުން ފާސްވެފައިވޭތޯ ބެއްލެވުމަކީވެސް ވޯޓް ލުމުގެ ކުރިން ވިސްނާލުން މުހިއްމުކަމެކެވެ. މިއިމްތިހާނުން އެބޭފުޅުން ފާސްވެފައިވާނަމަ އެބޭފުޅާއަށް އަލުން ވޯޓް ދެއްވަން ޖެހެއެވެ. ފޭލްވެފައިވާނަމަ އެހެންފަރާތަކަށް އެފުރުސަތު ދީގެންވެސް ވޭތުވެދިޔަ އަހަރުތަކަށްވުރެ ރަގަނޅު ކުރެވޭތޯ މަސައްކަތް ކުރަންޖެހެއެވެ. އެހެންކަމުން ކޮންމެ ރައްޔިތެއްވެސް ބަލަންވީ މިކަމުގައި އާއިލީ އަދި ޒާތީ ގޮތްގަނޑު ދޫކޮށް ރަށުގެ ތަރައްގީއަށް ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރާނެ ކައުންސިލެއް އިންތިހާބު ކުރެވޭތޯއެވެ.
ކޮންމެ ބޭފުޅަކުވެސް ގޮތެއް ނިންމުމުގެ ކުރިން ރަގަޅަށް ވިސްނާލުން ބުއްދިވެރިއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ