2010 ވަނައަހަރު ދަތުރުފަތުރަށް އެކަނިވެސް 112،000 ޑޮލަރު

0

ޔޫ.އެން.ޑީ.ޕީ-ޖެފް އިން އެހީ ހޯދައިގެން ބ. އަތޮޅުގައި ކުރިއަށް ގެންދިޔަ އެޓޯލް އީކޯ ސިސްޓަމް ބޭސްޑް ކޮންސަވޭޝަން އޮފް ގްލޯބަލީ  ސިގްނިފިކަންޓް ބައޮލޮޖިކަލް ޑައިވާސިޓީ އިންދަ މޯލްޑިވްސް (އޭ..އީ.ސީ) ޕްރޮޖެކްޓްގެ 2010 ވަނަ އަހަރު ދަތުރުފަތުރަށް އެކަނިވެސް 112،000 ޑޮލަރު ބަޖެޓް ކޮށްފައިވާކަމަށް ޔޫ.އެން.ޑީ.ޕީން އާންމު ކޮށްފައިވާ ރިޕޯޓަކުން ދައްކައިފިއެވެ.

މި ޕްރޮޖެކްޓްގެ 2010 ވަނަ އަހަރުގެ މަސައްކަތް ތަކުގެ ތާވަލުގެ ތަފްސީލަށް ބަލާއިރު މިހާ ބޮޑު އަދަދެއް ދަތުރުފަތުރަށް ކަނޑަޅާފައިވުމަކީ ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. މި ޕްރޮޖެކްޓްގެ ބިޔަކަމާ، މުޅި ޖުމްލަ ޕްރޮޖެކްޓަށް ކަނޑައަޅާފައިވާ މިލިޔަން ޑޮލަރުގެ ބަޖެޓުން ތަފާތު ކަންކަން ކުރުމަށް ކަނޑައަޅާފައިވެއެވެ. ޕްރޮޖެކްޓްގެ ނަތީޖާއާއި ޕްރޮޖެކްޓުން ކޮށްފައިވާ ހަރަދު ތަކުގެ ތަފްސީލް އާންމުކޮށްފައި ނުވާއިރު މި ޕްރޮޖެކްޓުން އަތޮޅުގެ ރައްޔިތުންނަށްކުރި  ފައިދާ އާމެދު ސުވާލު އުފެދެއެވެ.

ބ. އަތޮޅުގެ ގިނަ ރައްޔިތުންނަށް މިއީ ކުރިޔަށްދާ ޕްރޮޖެކްޓެއްކަން ނޭނގުނު ނަމަވެސް މި ޕްރޮޖެކްޓް ހިންގުމަށް އެތައް މިލިޔަން ރުފިޔާއެއް ވަނީ ހަރަދުކޮށްފައެެވެ.  ކުރިޔަށް އޮތް ދުވަސްތަކުގައި މި ޕްރޮޖެކްޓާއި އަދިވެސް ބ. އަތޮޅުގައި ހިންގާ އަދި ހިންގާފައިވާ މިފަދަ ޕްރޮޖެކްޓް ތަކާ ބެހޭ މައުލޫމާތު ގެނެސް ދެވޭނެ ވާހަކަ ކިޔުންތެރިންގެ މައުލޫމާތަށް ޓަކައި އަންގާލަމެވެ.

މިލިޔުމާމެދު އެއްވެސް ކަހަލަ ޝަކުވާއެއް ނުވަތަ ސުވާލެއް އޮތް ނަމަ ކޮމެންޓް ކޮށްލުން އެދެމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ