ސަރަހައްދީ ކުނިނައްތާލުމުގެ ނިޒާމު ފަށަންއުޅޭއިރު އިޖްތިމާޢީގޮތުން ކިހާދޫ އެކަމަށް ތައްޔާރު

0

ވޯލްޑްބޭންކްގެ ލޯނުއެހީގައި ކުރިޔަށް ގެންދާ މޯލްޑިވްސް އެންވަޔަރމެންޓަލް މެނޭޖްމެންޓް ޕްރޮޖެކްޓް (މެމްޕް) ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އުތުރު ޕްރޮވިންސްގެ ކުނި މެނޭޖް ކުރުމުގެ ސަރަޙައްދީ މަޝްރޫޢަށް ކިހާދޫގެ ވަނީ އިޖްތިމާޢީ ގޮތުން ތައްޔާރުވެފައެވެ. އުތުރު ޕްރޮވިންސްގެ ހާލަތުދެނެގަތުމަށް ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ތަފާތު އެތައް ދިރާސާއެއް މެމްޕްގެ ދަށުން ކޮށްފައިވާއިރު، “ކުނިނައްތާލުމުގެ ނިޒާމާގުޅޭ އިޖްތިމާއީ ހާލަތު ދެނެގަތުމުގެ ދިރާސާ”ފާހަގަކޮށްލެވެއެވެ. މިލިޔުމުގައި މި އަލިއަޅުވާލަނީ އިޖްތިމާއީ ހާލަތު ދެނެގަތުމަށް 2009 ވަނަ އަހަރު ކުރި ދިރާސާގެ މައިގަނޑު ހޯދުންތަކަށެވެ. އެގޮތުން ބ. އަތޮޅުގެ ރަށްރަށުން ހޯދުނު މައުލޫމާތުގެ ޚުލާސާއާއި ހާއްސަކޮށް ކިހާދޫއިން ހޯދިފައިވާ މުހިންމު މައުލޫމާތުތައް ހިމަނާލާނަމެވެ.

ސަރަހައްދީ ކުނިނައްތާލުމުގެ ނިޒާމާއި ގުޅޭ އިޖްތިމާއީ ހާލަތު ދެނެގަތުމުގެ ދިރާސާ އުތުރު ޕްރޮވިންސްގައި ކުރިއަށް ގެންގޮސްފައިވަނީ ސީ.ޑީ.އީ ޕްރައިވެޓް ލިމިޓެޑާއި ރިޔަންސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ސްރީލަންކާގެ ގްރީންޓެކް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ. އެގޮތުން 2009 ވަނަ އަހަރުގެ އޮގަސްޓުން އޮކްޓޯބަރުގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ސާވޭއެއްގައި އުތުރު ޕްރޮވިންސްގެ 46 ރަށުން ޖުމްލަ 2140 ގޭބިސީން މައުލޫމާތު އެއްކޮށްފައިވެެއެވެ.

2010 ވަނަ އަހަރު ނެރެފައިވާ މި ރިޕޯޓުގައި ތަފާތު ކަންކަމާގުޅޭގޮތުން މައުލޫމާތު އެއްކޮށް ދިރާސާކޮށްފައިވެއެވެ. އަދި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމްކުރުމުގެ ކުރިން ބަލަން ޖެހޭ މުހިއްމު 4 ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެއީ ރަށަށް އަރާފައިބާ އުޅުމުގެ ފަސޭހަކަން، ކުނިނައްތާލުމުގައި ބައިވެރިވުމާއި އަގެއް ދިނުން، ރައްޔިތުންގެ ފުދުންތެރިކަންހުރި މިންވަރު  އަދި ޒިންމާނަގާ ފަރާތްތަކުގެ ދައުރު އޮތް މިންވަރެވެ. ތިރީގައި މިވަނީ މި ހަތަރު ދާއިރާރިން އެއްކޮށްފައިވާ މައުލޫމާތުތަކުގެ ޚުލާސާއެކެވެ.

ރަށަށް އަަަރާ ފައިބާއުޅުމުގެ ފަސޭހަކަން

ބ. އަތޮޅުގެ ހުރިހާ ރަށަކީވެސް ވަކިވަކިން އޮންނަ ރަށްތަކެއް ކަމުން ކޮންމެ ރަށެއްގައިވެސް އުފެދޭކުނި ރަށުން ބޭރުކުރުމަށް އެކަށީގެންވާ ބަނދަރެއް ނުވަތަ ފާލަމެއް އޮތުމަކީ މިފަދަ މަޝްރޫޢަކަށް ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން ބަލާއިރު ބ. އަތޮޅުގެ 2 ރަށެއް ފިޔަވައި ދެން ހުރި ހުރިހާ ރަށެއްގައިވެސް މި މަޝްރޫޢަށް އެކަށީގެންވާފަދަ ބަނދަރެއް ވާކަމަށް މި ރިޕޯޓުފައި ފާހަގަކޮށްފައިވެއެވެ.

Accessibility Baa Atoll Islands

ގޭގައި އުފެދޭ ކުނިބުނި ވަކިކޮަށް ބެހެއްޓުމަށް ތައްޔާރަށް ތިބި މިންވަރު

ސަރަހައްދީ ކުނި ނައްތާލުމުގެ ނިޒާމުގެ އެއް އަމާޒަކީ ގޭބިސީތަކުގައި އުފެދޭ ކުނިބުނީގެ ބާވަތްތައް ވަކިކޮށް ފަނާނުވާޒާތުގެ ކުނި ރ. ވަންދޫގައި ގާއިމްކުރެވޭ ކުނިނައްތާލާ މަރުކަޒުގައި ނައްތާލުމެވެ. އެހެންކަމުން ގޭބިސީތަކުގައި އުފެދޭ ކުނީގެ ބާވަތްތައް ވަކިކޮށް ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ. އެގޮތުން ބަލާއިރު މި ދިރާސާއިން ދައްކާގޮތުން ބ. އަތޮޅުން މި ދިރާސާގައި ބައިވެރިވި މީހުންގެ 98 ޕަސެންޓް މީހުން ކުނިބުނި ވަކި ކުރުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވެއެވެ. އަދި ކިހާދޫގެ 100 ޕަސެންޓް މިކަމަށް ތައްޔާރަށް އޮތްކަން މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

Willingness to participate

ކުނި ނައްތާލުމަށް އަގެއް ދިނުމަށް ތައްޔާރަށް ތިބި މިންވަރު

މި ދިރާސާގައި ފާހަގަ ކޮށްފައިވާ އަނެއް ކަމަކީ ކުނި ނައްތާލުމަށް އަގެއް ދިނުމަށް ރައްޔިތުން ތައްޔާރަށް ތިބި މިންވަރެވެ. އެގޮތުން މި ދިރާސާގައި ބަލާފައިވަނީ 25 ރ އަށް ވުރެ ކުޑަ އަގެއް ނުވަތަ 25 ރ އަށްވުރެ ބޮޑުއަގެއް ނަގައިގެން ކުނިނައްތާލަން ފެނޭތޯއެވެ. އަތޮޅުގެ ރަށްތަކަށް ބަލާއިރު 11.4 ޕަސެންޓް މީހުން ބުނެފައިވަނީ އެއްވެސް އަގެއް ދޭން ބޭނުން ނުވާކަމަށެވެ. އަދި 33.6 ޕަސެންޓް މީހުން 25ރ އަށް ވުރެ ކުޑައަގެއް ދިނުމަށް އެއްބަސް ވެފައިވާއިރު 54.9 ޕަސެންޓް 25 ރ އަށް ވުރެ ބޮޑުއަގެއް ދިނުމަށް ތައްޔާރެވެ. ކިހާދޫއަށް ބަލާއިރު 50 ޕަސެންޓް މީހުން 25ރ އަށްވުރެ ކުޑައަގެއް އަދި އަނެއް 50 ޕަސެންޓް މީހުން 25ރ އަށް ވުރެ ބޮޑުއަގެއް ދިނުމަށް ތައްޔާރަށް ތިބިކަން ހާމަކޮށްފައިވެއެވެ.

Willingness to pay

ރައްޔިތުންގެ ފުދުންތެރިކަން ހުރިގޮތް

މި ދިރާސާގައި އަތޮޅުގެ ރައްޔިތުންގެ ފުދުންތެރިކަން ހުރި މިންވަރުވެސް ބަލާލާފައިވެއެވެ. އެގޮތުން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ބ. އަތޮޅުގެ ގިނަ ރަށްތަކުގެ ރައްޔިތުންގެ ފުދުންތެރިކަން މިފަދަ ނިޒާމެއް ހިންގުމަށް އެކަށިގެން ވެއެވެ.

Affordability in Baa atoll Islands

ޒިންމާނަގާނެ ފަރާތްތަކުގެ ދައުރު

މިދިރާސާގައި ފާހަގަކޮށްފައިވާގޮތުން ބައެއް ރަށްރަށުގައި ކުނިނައްތާލުމުގެ ކަންކަން ބެލެހެއްޓުމާއި އެކަމާގުޅޭ ވަސީލަތްތައް ބެލެހެއްޓުމަކީ ކޮންބައެއްގެ ޒިންމާއެއްކަމެއް ސާފެއް ނުވެއެވެ. ބައެއް ރަށްރަށުގައި އަންހެނުންގެ ކޮމެޓީން އިސްނަގައިގެން އުޅޭއިރު އަނެއް ބައި ރަށްރަށުގައި ރަށު އޮފީސްތަކުން އެމަސައްކަތް ކޮށްފައިވެއެވެ. އަދި އަނެއްބައި ރަށްރަށުގައި ވަކި ބަޔަކު ޒިންމާނަގައިގެން ކުނިނައްތާލާ ނިޒާމެއް ނެތެވެ.

Lack of ownership

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ