އަމިއްލަފުއްޓާ ކުޅެ ކިހާދޫ ޓީމަށް ފަސޭހަ މޮޅެއް.

0

ކިހާދޫ ފުޓްބޯޅަ ޓީމާއި އަމިއްލަފުށި ފުޓްބޯޅާ ޓީމާއެކު ކުޅުނު އެކުވެރި ކަމުގެ ފުޓުބޯޅަ މެޗު 5-2 ކިހާދޫ ފުޓްބޯޅަ ޓީމުން ކާމިޔާބު ކޮށްފިއެވެ.

އިއްޔެ ހަވީރު އަމިއްލަފުށި ފުޓްބޯލަ ދަނޑުގެ ކުޅުނު މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ކިހާދޫ ޓީމުންްވަނީ ފުރަތަމަ ހާފުގައި ފަހިކޮށްފައެވެ. ނަމަވެސް ފުތަރަމަ ހާފް ނިމިގެންދިޔައީ 1-1 އިން ދެޓީމް އެއްވަރުވެގެންނެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ފެނިގެންދިޔައީ ކިހާދޫ ޓީމުން ކުޅުން އިތުރަށް ރަގަޅުކޮށް މެޗްގެ ކޮންޓްރޯލް ހޯދައި މެޗުގެ ލީޑް ނެގިތަނެވެ.

ކިހާދޫ ޓީމްގެ ލަނޑުތައް ޖަހާދީފައިވަނީ މުޙައްމަދު ސިމާން ، އަޙްމަދު ފަޔާޟް ، ހުސައިން އީމާން، ހުސައިން ސާމިރު އަދި އަބްދުﷲ ފައިސަލް އެވެ. ކިހާދޫ ޓީމްގައި މިފަހަރު ހިމެނުނު ޒުވާން ކުޅުންތެރިންނަށްވެސް ފުރުސަތު ދެވުނު މުމެޗް ކިހާދޫ އިން ކާމިޔާބުު ކުރިއިރު، ވޭތުވެދިޔަ ހަފްތާގެ މެޗުން ކިހާދޫ ޓީމުވަނީ ހިތާދޫ ޓީމާކުޅެ ބަލިވެފައެވެ.
މިއަންނަ މަހުގެ 4 ގައި ފެށުމަށް ހަމަޖެހިފައިވާ ބ.އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވަމުންދާ ކިހާދޫ ޓީމުގެ ފަރާތުން މިފަހަރު ތަފާތުކުޅުމެއް ފެނިގެންދާނެ ކަމަށް ޓީމްގެ އޮފިސަލުން މަޢުލޫމާތު ދެއްވައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ