ކިހާދު މޯލްޑިވްސް އާއި ކިހާދޫ ބައްދަލުކުރި މެޗް އެއްވަރުވެއްޖެ

0
kihad maldives vs kihaadhoo

ކިހާދޫ ޓީމް- ފޮޓޯ : ފޭސްބުކް ހަސަން ހަލީމް

ކިހާދު މޯލްޑިވްސް އާއި ކިހާދޫ ޓިމް ކުޅުނު އެކުވެރި ކަމުގެ ފުޓްބޯޅަ މެޗް  3 – 3 އިން އެއްވަރުވެއްޖެއެވެ.

ކިހާދޫ ދަނޑުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ފުރަތަމަ ހާފް ނިމިގެންދިޔައީ ކިހާދު މޯލްޑިވްސްގެ ޓީމުން 2 ލަނޑުގެ ލީޑަކާއެކުއެވެ. ކިހާދޫ ޓީމް ފުރަތަމަ ހާފްގައި ރަގަނޅު ކުޅުމެއްދައްކާ ކިހާދު މޯލްޑިވްސް ޓީމްގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރިއެވެ. އެގޮތުން ފޯވާޑް ހުސައިން އީމާނަށާއި ހުސައިން ސާމިރުއަށް ގޯލް ޖަހާނެ ރަގަނޅު ދެތިން ފުރުސަތެއްލިބިގެން ދިޔައެވެ.

ކިހާދޫ ޓީމުން ދެވަނަ ހާފަށް ދަޑަށް ނުކުތީ މެޗުން މޮޅުވުމުގެ އުއްމީދުގައި ބޮޑެތި ބަދަލުތަކަކާއެކުގައެވެ. މިޑްފީލްޑަރ އަލީ ނާޝިދު ގެ ބަދަލުގައި އަޙްމަދު ފަޔާޟް ، ޑިފެންޑަރ އަފުޒަލްގެ ބަދަލުގައި މުޙައްމަދު އަޝްރަފު ، ޑިފެންޑަރ އަޙްމަދު ޒިޔާދުގެ ބަދަލުގައި ޑިފެންޑަރ ހުސައިން މުއާޒް އަދި މިޑްފީލްޑަރ ނަޒުމީ އާދަމްގެ ބަދަލުގައި އަޙްމަދު މައުސޫމް މީގެ އިތުރުން ފޯވާޑް ހުސައިން ސާމިރުގެ ބަދަލުގައި މިޑްފީލްޑަރ އިބުރާހިމް ރަޝީދު ކުޅެން ނިކުމެފައިވެއެވެ. މިބަދަލުތަކާ އެކު ދެވަނަ ހާފްގައި ކިހާދޫ ޓީމުންވަނީ ފުރަތަމަ ހާފަށްވުގެ ގިނަވަގުތު މެޗް ކޮންޓްރޯލްކޮށް އިދިކޮޅުޓީމްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަތީޖާއެއްގެ ގޮތުން ކިހާދޫ ޓީމްގެ ފުރަތަމަ ލަނޑު 70 ވަނަ މިނެޓްގައި ކާމިޔާބު ކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަޙްމަދު ފަޔާޟް އެވެ. މިލަޑާއެކު ކިހާދޫގެ ޓީމަށް އިތުރު ހިތްވަރެއްލިބިގެން ދިޔައީ 74 ވަނަ މިނެޓްގައި ހުސައިން އީމާން ގޯލްކީޕަރ ކައިރިން ވެސް ނައްޓުވާލުމަށް ފަހު ޖަހައިދިން ގޯލާއެކު ނަތީޖާ 2-2 އިން އެއްވަރުވުމުންނެވެ.

މިމެޗްގައި ޖުމްލަ 3 ރީނދޫ ކާޑް ފެނިގެންދިޔައިރު ކިހާދު މޯލްޑިވްސް އަށް 80 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބިގެންދިޔައީ އޭރިޔާތެރެއިން ޑިފެންޑަރެއްގެ އަތުގައި ބޯޅަޖެހުމުންނެވެ. ކިހާދޫ ޓީމްގެ ގޯލްކީޕަރ އަޙްމަދު ފަވާޒް ޕެނަލްޓީ ދިފާއުކުރި ނަމަވެސް އިދިކޮޅު ޓީމުން ޕެނަލްޓީޖެހި ކުޅުންތެރިޔާ އަށް އެބޯޅަ ލިބުމާއެކު ގޯލްގެތެރެއަށް ފޮނުވާލައި ނަތީޖާ 3-2 އަށް ބަދަލުކޮށްލިއެވެ. މިނަތީޖާގައި އޮވެގެން މެޗް ނިމޭނެކަށް ހީކުރެވިފައިވަނިކޮށް ކިހާދޫ ޓީމަށް ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން އަޙްމަދު ފަޔާޟް ވަނީ މެޗް ނިމެން ކައިރިވެފައި ވަނިކޮށް ވަރަށް ހަނި އޭންގަލަކުން ހިތްގައިމު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ