ރޭގަނޑު ފުރަތަމަފަހަރަށް ރަށުންބޭރު ޓީމަކާ އެކު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފި

0

ކިހާދު މޯލްޑިވްސްގެ ފުޓްސަލް ޓީމާ ކިހާދޫ ފުޓްސަލް ޓީމާދެމެދު އެކުވެރިކަމުގެ މެޗެއް ރޭ ކިހާދޫ ފުޓްބޯޅަ ދަނޑުގައި ކުޅެފިއެވެ. މިމެޗް 4-6 އިން ކާމިޔާބުކުރީ ކިހާދު މޯލްޑިވްސްގެ ޓީމެވެ. ދެޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއްފެނިގެންދިޔަ މެޗްގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނެގީވެސް ކިހާދު މޯލްޑިވްސްގެ ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެންދުޔައީ ކިހާދު މޯލްޑިވްސްެ 2 ލަނޑުގެ ލީޑަކާއެކުގައެވެ.

ދެވަނަހާފްގައި ކިހާދޫގެ ޓީމުން ކުޅުން ރަގަޅުކޮށް ގިނަހަމާތަކެއް ކިހާދު މޯލްޑިވްސްގެ ގޯލަށް ފޮނުވާލިއެވެ. ކައިރިކައިރީ ފޮނުވާލި ހަމަލާތަށް ގިނަވުމުގެ ސަބަބުން ކިހާދޫ ޓީމުން މެޗްގެ ނަތީޖާ 4-2 ބަދަލުކޮށްލިއެވެ. މެޗް ނިމެން ކައިރިވެފައި ވަނިކޮށް ކިހާދު މޯލްޑިވްސް ޓީމުން ނަތީޖާ ހަމަހަމަ ކުރުމުން މެޗް އެއްވަރު ވެގެން ނިމޭނަކަމަށް ގިނަބަޔަކު ހީކޮށްގެން ތިއްބާ ކިހާދު  މޯލްޑިވްސް ޓީމުން މެޗްގެ އިތުރުވަގުތުގައި 2 ލަނޑު ޖަހާ މެޗް ނަތީޖާ އެޓީމުގެ މައްޗަށް އަބުރާލިއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ