ކިހާދޫގެ ޒުވާން ކުޅުންތެރިންނަށް ރަަނުގެ ފުރުސަތެއް.

0

މިއަހަރުގެ އަތޮޅު މުބާރާތައް ކިހާދޫ ޓީމް ތައްޔާރުކުރުމަށް ޓީމް އެކުލަވާލުމުގެ ކުރިން 1 ހަފްތާގެ ފުޓްބޯޅަ ކޯޗިންގ ކޭންޕެއް ކިހާދޫގައި ބާއްވާގޮތަށް ނިންމާފިއެވެ. މުބާރާތަށް ތައްޔާރުވުމަށް އެކުލަވާލި ކޮމެޓީން އިންތިޒާމް ކޮށްގެން ބާއްވާ މިކޭންޕް ފެށުމަށް ހަމަޖެހިފަައިވަނީ މިމަހު 9 ގައެވެ. މި ކޭންޕްގައި އިރުޝާދު ދެއްވާނީ ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މޫސާ މަނިކް ( ކުޑަމޫސަ ) އެވެ.

މިކޭންޕުން ކިހާދޫގެ ޓީމްގެ ކުޅުންތެރިނަށް ވަރަށްވެސް ފައިދާހުރި ގިނަގުނަ މަޢުލޫމާތާއި ހުނަރު ލިބިގެން ދާނެކަމަށް ބެލެވޭއިރު މިއީ ކިހާދޫގައި ތިބިޒުވާން ތަރިންނަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. ކޭއެލް އަށް މަަޢުލޫމާތު ލިބިފައިވާގޮތުގައި ރަށުންބޭރުގައި ތިބިގިނަ ކުޅުންތެރިންވެސް މިކޭންޕްގައި ބައިވެރިވާނެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ