ކާމިޔާބު ކަމާއެކު ކޯޗިންކޭންޕް ނިންމާލައިފި

0
kihaadhoo footbal team

ކޯޗިން ކޭންޕްގައި ބައިވެރިވި ބައެއް ކުޅުންތެރިންނާއި ކޯޗުން- ފޮޓޯ- ޖަމީލް ފޭސްބުކް

މި އަހަރު ނޮވެންބަރު މަހު ބާއްވާ ބ. އެޓޯލް ފުޓްބޯޅަ ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫގައި  ކުރިޔަށް ގެންދިޔަ ފުޓްބޯޅަ ކޯޗިން ކޭންޕް ނިންމާލައިފިއެވެ.

ހަފްތާއެއްގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޯޗިން ކޭންޕްގައި އިރުޝާދުދެއްވާފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކުޑަ މޫސައެވެ. ރަށުގެ ގިނަކުޅުންތެރިން ބައިވެރިވި މި ކޯޗިން ކޭންޕަކީ ކިހާދޫގެ ޒުވާން ކުޅުން ތެރިންނަށް ވަރަށް ފައިދާހުރި މައުލޫމާތުތަކެއް ލިބިގެންދިޔަ ކޯޗިން ކޭންޕެކެވެ.

ޒުވާން ކުޅުންތެރިންގެ ތަރުހީބު ލިބިގެންދިޔަ މި ކޭންޕަކީ ކާމިޔާބު ކޭންޕެއްކަމަށް ފާހަގަ ކުރެވެއެވެ. ކޭންޕް ނިންމާލުމުގެ ގޮތުން ޒުވާނުން ވަނީ ވިޔޮފުށި ފިނޮޅަށް ދަތުރު ގޮސްފައެވެ.

ކިހާދޫގެ ފުޓްބޯޅައިގެ ހަރަކާތްތައް ފޭސްބުކްގައި

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ