އަންހެނުންގެ ދުވަހު ކުޅުނު ފުޓްބޯޅަ މެޗް އޭދަފުށި ޓީމް ކާމިޔާބު ކޮށްފި

0

ކިހާދޫ ޒުވާން އަންހެންކުދިންނާއި އޭދަފުށި ޒުވާން އަންހެންކުދިންގެ ޓީމާ ދެމެދުގައި ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗް  އޭދަފުށި ޓީމް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ހަމައެކަނި ލަނޑު ޖެހީ މެޗްގެ 11 ވަނަ މިނެޓްގައި އޭދަފުށި ޓީމްގައި އެންމެ ރަގަނޅު ކުޅުމެއްދެއްކި އޮއިއްޓޭ އެވެ. މިލަނޑާއެކު ކިހާދޫ ޓީމް އިން ކުޅުން ރަގަނޅު ކޮށް ގޯލް ޖަހާނެ ރަގަނޅު 2 ފުރުސަތެއް ހޯދިއެވެ. އެގޮތުން ސިނާޒާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ މަތީ ދަޑިއަށެވެ.

ދެނަވަނަ ހާފުގައި ކިހާދޫ ޓީމްގެ މިޑްފީލްޑަރ ސުހޭދާ އިބްރާހީމް ބޭލުމަށްފަހު ފާޠިމަތު ނަޒީރާ ކުޅެންނިކުތެވެ. މިބަދަލާއެކު އޭދަފުށި ޓީމް މެޗްގެ ކޮންޓްރޯލް ހޯދައި ގޯލްއަށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ. އެގޮތުން ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަތައްވަނީ ކިހާދޫގެ ޒުވާން ކީޕަރ ރިޒްލާ ދިފާއުކޮށްފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ