ބައްޓޭއާއެކު ކުޑަރިކިލު ޓީމް ޕްރެކްޓިސް ފަށައިފި

0

އަންނަ މަހު ފަހުކޮޅު އޭދަފުށީގައި ފަށާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވަމުންދާ ކުޑަރިލު ޓީމުގެ ކޯޗަކަށް އޭދަފުއްޓަށް އުފަން ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒާހިދު (ބައްޓޭ) ހަމަޖައްސައި ޓީމްގެ ޕްރެކްޓިސް ފަށައިފިއެވެ.
ބައްޓޭ ބުނިގޮތުގައި ގޮތުގައި އޭނާ ކުޑަރިކިލު ޓީމަށް ކޯޗުކޮށްދޭން ނިންމީ އެރަށު ޓީމުގެ އެދުމުގެ މަތިންކަމަށާއި އޭދަފުށީ ޓީމުން އަދި ކައުންސިލުންވެސް މިހާތަނަށް އެއްވެސް މުބާރާތެއްގައި އެހީތެރިވެދިނުމަށް އެދިފައި ނުވާ ކަމަށެވެ.

“ތިން ރަށަކުން ހުށަހެޅުން ލިބުނު، އެގޮތުން ޓީމުގެ ފެންވަރާއި ކުޅުންތެރިންނަށް ބަލާފައި ކުޑަރިކިލު ޓީމުގެ ކޯޗުކަމާ ހަވާލުވީ، އޭދަފުށީ ޓީމުން އަދި ކައުންސިލުންވެސް އެއްވެސް ފަހަރެއްގައި އެހީތެރިވެދޭކަށް ވާހަކަ ދައްކާފައެއް ނެތް،” ބައްޓޭ ބުންޏެވެ.

ކުޑަރިކިލު ޓީމް ވަނީ މިދިޔަ އަހަރު އޮތް މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ގޮސްފައެވެ. ސެމީ ފައިނަލުގައި 3-1 އިން އޭދަފުށި އަތުން ބަލިވިނަމަވެސް ކުޑަރިކިލުވަނީ މުބާރާތުގައި މޮޅުކުޅުމެއް ދައްކާފައެވެ.

މިއަހަރުގެ ބާ އެޓޯލް ފުޓްބޯލް ޗެލެންޖް އޮންނާނީ ނޮވެމްބަރު 28 އިން ޑިސެމްބަރު 15 އަށެވެ. މިފަހަރުގެ މުބާރާތުގައިވެސް ބ. އަތޮޅުގެ އަށް ރަށަކުން ވަނީ ބައިވެރިވެފަ އެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ