ބޮޑު ތަފާތަކުން ކިހާދޫ ބަލިވެއްޖެ

0

ކިހާދޫގެ ފުޓްބޯޅަޓީމާއި ގޮއިދޫ ފުޓްބޯޅަޓީމް ކުޅުނު އެކުވެރިކަމުގެ މެޗް ބޮޑު ތަފާތަކުން ގޮއިދޫ ކާމިޔާބުކޮށްފިއެވެ. އިއްޔެ ހަވީރު އޭދަފުށީ ރަސްމީ ފުޓްބޯޅަދަނޑުގައި ކުޅުނު މިމެޗް ގޮއިދޫ ކާމިޔާބުކުރީ 6-1 އިންނެވެ.
އަންނަ މަހު ފަހުކޮޅު އޭދަފުށިގައި ފަށާ ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖަށް މި ދެޓީމްވެސް ތައްޔާރުވުމުގެ ގޮތުން ކުޅުނު މިމެޗްގެ ފުރަތަމަ ހާފުގައި ވާދަވެރިކުޅުމެއް ފެނިގެން ދިޔައެވެ. އަދި ފުރަތަމަ ހާފުގެ ބޮޑުބައެއްގައި ކިހާދޫ ޓީމުން މެޗް ކޮންޓްރޯލް ކުރިއެވެ. އެހެން ނަމަވެސް ފަހުހާފު ނިމެނިކޮށް މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ކޯނަރެއް ބޮލުން ގޯލަށް ފޮނުވާލައިގެން ގޮއިދޫ ޓިމުން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ.
މެޗުގެ ފަހުހާފު ފެށުމަށް ފަހު 57 ވަނަ މިނެޓުގައި ގޮއިދޫގެ 2 ވަނަ ގޯލް ކާމިޔާބުކުރިއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ދެ ގޯލް ޖަހައި ލީޑުފުޅާކުރިއެވެ.
މި މެޗުގައި ކިހާދޫގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ފަޒީލެވެ. އޭގެ ފަހުންވެސް ގޮއިދޫ ޓީމްވަނީ އިތުރު ދެގޯލް ޖަހައި ފަރަގު ބޮޑުކޮށްފައެވެ. މެޗުގެ ހާފުގައި ކިހާދޫގެ ކުޅުންތެރިންގެ ބުންވަރު ދަށްކަން ފާހަގަކުރެވުނެވެ. އެގޮތުން މެޗުގެ ފަހުކޮޅުގައިވަނީ ޓީމަށް ކޮންޓްރޯލް ގެއްލިފައެވެ.
އަތޮޅު މުބާރާތް ފެށެން އަދި މަހެއްހާ ދުވަސް އޮތްއިރު ކިހާދޫ ޓީމުން އިތުރު ހިއްވަރަކާއިއެކު މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި އިއްޔެގެ މެޗުން ރަނގަޅު ފިލާވަޅުތަކެއް ހާސިލްވިކަމަށް ކިހާދޫޓީމުން މައުލޫމާތުދެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ