ބ. އަތޮޅަށް ހުޅުވާލައިގެން ބަށިމުބާރާތެއް ބާއްވަނީ

0

ބ. އަތޮޅު ކައުންސިލުން ބޮޑު ޗުއްޓީ ބަންދާ ދިމާކޮށް މުޅި އަތޮޅަށް ހުޅުވާލައިގެން ބަށި މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ މުބާރާތުން އެއްވަނައަށް ދާ ޓީމަކަށް 25،000 ރުފިޔާ އަދި ދެވަނަ ޓީމަކަށް 15،000ރ ހުށަހަޅާފައިވާ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށްވެސް އެ އިދާރިން ބުންޏެވެ.

އަތޮޅު ކައުންސިލުން ބުނީ މި މުބާރާތުގެ ތަރުހީބަށް ބެލުމަށްފަހު ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ