ބ.ކިހާދޫ ޒުވާނުން އަތޮޅު ފަހަނައަޅައި ވެރިރަށް މާލެއާއި ދިމާލަށް.

1

ބ.ކިހާދޫ އަކީ ބ.އަތޮޅުގައި ފުޓްބޯޅައިގައި ވަރުގަދަ ބާރެއްގެ ގޮތުގައި ވޭތުވެދިޔަ 10 ވަރަކަށް އަހަރު ހިފަހައްޓަމުން އައި ރަށެކެވެ. އެގޮތުން އޭދަފުށީގައި 2005 އަހަރުގެ ބޮޑުއީދުގައި ބޭއްވި މުބާރާތް ކާމިޔާބު ކުރުމުގެ އިތުރުން 2010 ވަނައަހަރު ބޭއްވި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވެއެވެ. އަދި ބ.އަތޮޅު ފުޓްބޯޅަ ޗެލެންގައި ބައިވެރިވި ދެއަހަރުވެސް ވަނީ ސެމީ އަށް ދަތުރު ކޮށްފައެވެ. ފުޓްބޯޅައިގެ ގަދަބާރެއްގެ ގޮތުގައި އޮތުމަށް ފަހު މިހާރު މިވަނީ ޒުވާން ކުދިންކޮޅެއްގެ ބުރަމަސައްކަތުން ފުޓްސަލްއާ ދިމާލަށް ހުންގާނު އަބުރާލާފައެވެ.

އެގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ރައިޒިން ސްޓާ ފޯ ވިލުފުށި ރެކްރިއޭޝަން އިން މާލޭގައި މިދިޔަ އަހަރު ބާއްވަންފެށި އައިލެންޑް ކަޕް ފުޓްސަލް މުބާރާތުގައި މިފަހަރު ކިހާދޫ ޓީމު ބައިވެރިވާގޮތަށް ނިންމައިފި އެވެ.
ކިހާދޫ ޓީމުގެ އިސް އޮފިސަލަކު ކޭއެލް އަށް މައުލޫމާތުދެމުން ބުނީ މިއީ ކިހާދޫއަށް ނިސްބަތްވާ ޓީމެއް މިފަދަ މުބާރާތަކަށް ނިކުންނަ ފުރަތަމަ ފަހަރުކަމަށް ވީނަމަވެސް މުބާރާތުގައި ބައިވެރިވަނީ މުބާރާތް ކާމިޔާބުކުރުމުގެ ފޮނި އުއްމީދާއެކުގައެވެ.

ކިހާދޫއިން މިމުބަރާތާ ކުރިމަތިލަނީ މިފަދަ މުބާރާތް ތަކުގެ ތަޖުރިބާ ހުރި މަދު ކުޅުންތެރިންތަކަކާއެކު ނަމަވެސް ރަގަޅު ކާމިޔާބެއް ހޯދުމަށް މަސައްކަތްކުރާނެކަމަށް ޓީމްގެ ކޯޗް ހުއްޓޭ ބުނެފައިވާއިރު، ޓީމްގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިއަކީ އެމްޕީލް ފުޓްސަލް ޓީމްގެ މުހިއްމު ކުޅުންތެރިޔާ މުޙައްމަދު އަޔާޟް އެވެ. މިއީ ކިހާދޫ ޓީމުން މިފަދަ ބޮޑު މުބާރާތަކާ ކުރިމަތިލާއިރު އެޓީމަށް ލިބިފައިވާ ވަރަށްވެސް ބޮޑު ހިތްހަމަޖެހުމެކެވެ.

އަންނަމަހުގެ 1 އިން 13 އަށް މާލޭ މިނީ ފުޓްސަލް ގްރައުންޑްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިފަހަރު 40 ޓީމަށް ބައިވެރިވުމުގެ ފުރުސަތު ދޭގޮތަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ހަމަޖައްސާފަ އެވެ.

ޝެއާކުރައްވާ

1 Comment

ޚިޔާލު ފާޅުކުރަށްވާ