މަހިބަދޫ ބަލިކޮށް ކިހާދޫ ޓީމުން ދެވަނަ ބުރައްދިޔުމުގެ އުއްމީދު އާކޮށްފި

0

ރައިޒިން ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ ހާފް އައިލެންޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗްގައި މަހިބަދޫ ބަލިކޮށް މުބާރާތުގެ ދެވަނަ ބުރަށްދިޔުމުގެ އުއްމީދު ކިހާދޫ ޓީމުން އާކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ މެޗް ކިހާދޫ ޓީމުން ކާމިޔާބުކުރީ 2 – 0 އިންނެވެ. މިއީ މުޅިންއަލަށް މިފަދަ މުބާރާތެއްގައި ބައިވެރިވެ ކިހާދޫ ޓީމުން ހޯދި ވަރަށްވެސްބޮޑު ކާމިޔާބީއެކެވެ. ކިހާދޫ ޓީމު ދަނޑަށް ނިކުތީ މަހިބަދޫ އަކީ ވަރުގަނދަ ޓީމެއްކަމުން ޑިފެންސްސިވް ކޮށްކުޅެ ލިބޭ ކައުންޓަރ އެޓޭކްގައި އިދިކޮޅު ޓީމަށް ނުރައްކާކުރުމަށް އަޒުމް ކަޑައަޅައިގެންނެވެ.
އެގޮތުން މެޗް ފެށުމާއެކުހެން ކިހާދޫ ޓީމުން މަހިބަދޫގެ ޓީމުގެ ގޯލަށް ކައިރިކައިރީގައި ހަމަލާތައް ފޮނުވަންފެށިއެވެ. މިހަމަލާތަކުގެ ނަތީޖާއަކަށްވީ މިމެޗްގެ މޭންއޮފް ދަ މެޗް ހޯދި އަބުދުﷲ ފައިސަލް ކިހާދޫ ޓީމަށް ލަނޑުޖަހާދީ ލީޑްނެގުމެވެ. މިލަޑާއެކުހެން މަހިބަދޫ ޓީމް ކުޑަކޮށް ކުރިއަށް ޖެހުނެވެ. ނަމަވެސް ކިހާދޫ ޓީމުގެ ޑިފެންސް ފެނުނީ އެއަށްވުރު ވަރުގަދަ ކޮށެވެ. ކިހާދޫ ޓީމުން ނެގިލީޑް ފުރަތަމަ ހާފްނިމެންދެން ހިފެހެއްޓިއެވެ.

ދެވަނަ ހާފަށް ކިހާދޫ ޓީމުން ނިކުތީ ލިބިފައިވާ ލީޑް ދަމަހައްޓުމުގެ އިތުރުން ލީޑްފުޅާވެސް ކުރުމުގެ އަޒުމުގައެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފްގެ ފޯރި ގަދަވެގެން ދިޔައެވެ. އަދި ރެފްރީންގެ ނިންމުންތަކަށް ހިތްހަމަ ނުޖެހިގެން ކިހާދޫ ޓީމުގެ ބެންޗުން އަދި ކުޅުންތެރިން ވެސް ޝަކުވާކުރިއެވެ. އެހެނީ ކިހާދޫ ކުޅުންތެރިން ނަށް ދެއްކި ރީދޫކާޑް ތަށް ދައްކާފައިވަނީ އެއްވެސް އިންޒާރަކާނުލާ ފުރަތަމަ ފައުލްތަކަށެވެ. އެހެނަސް މަހިބަދޫގެ ފައުލްތައް ކިހާދޫ ޓީމަށްވުރެ ނިގައިރު މަހިބަދޫ ޓީމުގެ އެއްކުޅުންތެރިއަކަށް ރީދޫ ކާޑް ދެއްކި އިރު ކިހާދޫގެ ހަތަރު ކުޅުންތެރިންނަށްވަނީ ރީދޫކާޑް ދައްކާފައެވެ.

މެޗްގެފަހު ފަނަރަ މިނެޓްގައި ކިހާދޫ ޓީމުގެ ކުޅުންތރިންގެ ފަރާތުން ވަރުބަލިކަން ފެނުކަމުގައިވިޔަސް މެޗް ނިމެންދެން ހުރިހާ ކުޅުންތެރިންވެސް ހިތްވަރުކުރިތަން ފެނިގެންދިޔައެވެ. މެޗް ނިމެން 10 ވަރަކަށް މިނެޓަށްވެފައިވަނިކޮށް ކިހާދޫ ޓީމަށް އިތުރު ލަނޑެއްޖަހާދީ ލީޑްފުޅާކޮށްދިނީ ޒުވާން ފޯވާޑް މާނު އެވެ. މީގެ އިތުރުންވެސް ކިހާދޫ ޓީމަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތުތައްލިބި ބޭކާރުވިއެވެ.

މިމޮޅާއެކު ކިހާދޫ ޓީމަށް ދެވަނަ ބުރައްދިޔުމުގެ ފުރުސަތު އެބައޮތެވެ. ގުރޫޕް ސްޓޭޖްގެ ފަހުމެޗްގައި ކިހާދޫ ނިކުންނާނީ ފ.ނިލަންދޫ އާދެކޮޅަށެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ