ކެންދޫ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް ފަށައިފި

0

ބ. އަތޮޅު ކެންދޫގައި، އެރަށު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް  ފަށައިފި އެވެ.

ޖުމްލަ ހަ ޓީމު ވާދަކުރާ މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ގްލޯރިއަސް ވިކްޓަރީ އާއި ބީއެލްޓީއެފްސީ ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. ގްރޫޕް އޭގައި މިދެ ޓީމުގެ އިތުރުން ދެން އޮތީ އެފްސީ ވެންގާޑް އެވެ.

ގްރޫޕްބީގައި އޮތީ ނިއު ސްޓާ އެފްސީ އާއި ވިނާސް ބޯއީސް އަދި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ޓީމުތަކުގައި ކެންދޫގެ ކުޅުންތެރިންގެ އިތުރުން ރަށުން ބޭރުގެ ކުޅުންތެރިން ވެސް ވާދަކުރެ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ފަހު ސެމީ އަށް ދާނީ ކޮންމެ ގްރޫޕަކުން ދެ ޓީމެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚަބަރު: އީޓީ

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ