ގޮއިދޫ މައްޗަށް ކުރިހޯދި ނަމަވެސް ދަރަވަންދޫ އަތުން ބަލިވެއްޖެ

0

ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫ ޓީމް ކުޅުނު ދެވަނަ ޕްރެކްޓިސް މެޗުން ދަރަވަންދޫ އަތުން ބަލިވެއްޖެއެވެ. އިއްޔެ ހަވީރު ކިހާދޫ ރަސްމީދަނޑުގައި ކުޅުނު މިމެޗް ދަރަވަންދޫ ޓީމް ކާމިޔާބުކުރީ 2-3 އިންނެވެ.

ކިހާދޫޓީމްގެ މުހިންމު ކުޅުންތެރިންތަކެއް ނުލާ ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދަރަވަންދޫ ޓީމުން ވަނީ 2 ލަނޑުޖަހާފައެވެ. އޭގެ ފަހުން ކިހާދޫ ޓީމުންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން 2  ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދަރަވަންދޫ ޓީމުން އެމީހުންގެ ފަހު ލަނޑުޖެހީ މެޗުގެ ފަހު ހާފުގައެވެ. މި މެޗުގައި ކިހާދޫ ޓީމްގެ 2 ގޯލްވެސް ކާމިޔާބުކޮށްދިނީ ސާމިރުއެވެ. ދަރަވަަންދޫ ޓީމުން ގޯލްޖެހީ އަހްސަން(2) އަދި އަނީލެވެ.

އަންނަ ޑިސެންބަރ މަހުގެ 3-17 އަށް އޭދަފުށީގައި ބާއްވާ ބ. އެޓޯލް ފުޓްބޯލް ޗެލެންޖަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫ ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ގޮއިދޫގެ މައްޗަށް ވަނީ ކުރިހޯދާފައެވެ. ޖުމްހޫރީ ދުވަހާވެސް ގުޅުވައިގެން ކިހާދޫ ދަނޑުގައި ކުޅުނު މިމެޗް ކިހާދޫ ކާމިޔަބުކޮށްފައިވަނީ 2-1 އިންނެވެ. މި މެޗުގައި ކިހާދޫ ޓީމަށް ލަނޑު ޖަހާދީފައިވަނީ ސާމިރު އަދި އީމާނުއެވެ. ގޮއިދޫ ޓީމުގެ ގޯލް ޖަހާދިނީ  އާދަމް ނިޒާމް(ކިތުނާ)އެވެ.

ކިހާދޫ އާއި ގޮއިދޫ ބައްދަލު ކުރިމެޗްގެ ކިހާދޫ ޓީމް - ފޮޓޯ: ކިހާދޫ ފުޓްބޯލްޓީމް ފޭސްބުކް ޕޭޖް

ކިހާދޫ އާއި ގޮއިދޫ ބައްދަލު ކުރިމެޗްގެ ކިހާދޫ ޓީމް – ފޮޓޯ: ކިހާދޫ ފުޓްބޯލްޓީމް ފޭސްބުކް ޕޭޖް

ކިހާދޫއާއި ގޮއިދޫ ކުޅުނުމެޗްގެ ގޮއިދޫ ޓީމް-  ފޮޓޯ: ކިހާދޫ ފުޓްބޯލްޓީމް ފޭސްބުކް ޕޭޖް

ކިހާދޫއާއި ގޮއިދޫ ކުޅުނުމެޗްގެ ގޮއިދޫ ޓީމް- ފޮޓޯ: ކިހާދޫ ފުޓްބޯލްޓީމް ފޭސްބުކް ޕޭޖް

މި އަހަރުގެ އަތޮޅު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކިހާދޫ ޓީމް ވަނީ އެކުވެރިކަމުގެ މެޗްތަކެއް ކުޅޭގޮތަށް ހަމަޖައްސާފައެވެ.

 

 

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ