ކިހާދޫ ގަދަ 16 އިން ޖާގަ ހޯދައިފި

0

ރައިޒިން ފޯ ވިލުފުށި ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން މާލޭގައި މިހާރު ކުރިއަށްދާ މާކިއުރީ ހާފް އައިލެންޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ކިހާދޫ ދެވަނަ ބުރައަށް ދަތުރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއްފެނިގެން ދިޔަ ކިހާދޫ އާއި ހއ.ތަކަންދޫ މެޗް ކިހާދޫ ކާމިޔާބުކުރީ 3 – 1 އިންނެވެ. މިއީ މިފަދަ މުބާރާތެއްގައި ބައިވެރިވެ ކިހާދޫ ޓީމުން ހޯދި ވަރަށްވެސްބޮޑު ކާމިޔާބީއެކެވެ. ކިހާދޫ ޓީމު ދަނޑަށް ނިކުތީ މެޗުން ތިން ޕޮއިންޓްގެ އިތުރުން ގުރޫޕްގެ އެއްވަނަ ހޯދުމުގެ އަޒުމުގައެވެ.
އެގޮތުން މެޗް ފެށުމާއެކުހެން ކިހާދޫ ޓީމުން ތަކަންދޫ ޓީމުގެ ގޯލަށް ކައިރިކައިރީގައި ހަމަލާތައް ފޮނުވަންފެށިއެވެ. މިހަމަލާތަކުގެ ނަތީޖާއަކަށްވީ މިމެޗްގައި މޮޅުކުޅުމެއް ދެއްކި ހުސައިން ސާމިރު ގޯލް ޖަހާ ކިހާދޫއަށް ލީޑް ހޯދާދިނުމެވެ. ނަމަވެސް ކިހާދޫޓީމަށް މާގިނައިރަކު ލީޑެއް ނުހިފެހެއްޓުމެވެ. ތަކަންދޫއަށް މޮޅުވާން މަޖުބޫރު މެޗަކަށްވާރީ އެޓީމުން ކުރިޔަށް އަރަންފެށިއެވެ. ނަތީޖާއެއްގެގޮތުން ތަކަންދޫއިން ލަޑު ޖަހާ މެޗްގެ ނަތީޖާ 1-1 އަށް ބަދަލުކޮށްލިއެވެ. ތަކަންދޫން ލަޑުޖެހި ނަމަވެސް ކިހާދޫ ފެނުނީ މާވަރުގަދަކޮށެވެ. ކައިރި ކައިރީ ހަމަލާތައް ތަކަންދޫގެ ގޯލަށް ހަމަލާތަށް ފޮނުވަން ފެށުމާއެކު ފެނިގެންދިޔައީ އަނެއްކާވެސް ސާމިރުގެ ގޯލް އަކުން ކިހާދޫ ލީޑް ނެގިތަނެވެ. މިލަޑާއެކު ކިހާދޫ ޓީމަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. ކިހާދޫ ޓީމްގެ ހަމަލާތަށް ގިނަ ނަމަވެސް އޭގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފިފައެއް ނުވެއެވެ. އެގޮތުން މެޗްގައި މޮޅު ކުޅުމެއްދައްކާ މެޗްގެ މޭން އޮފް ދަ މެޗް ނެގި ހުސައިން އީމާނަށް ލިބުނު ހުސްފުރުސަތުތައް ފާހަގަކުރަންޖެހެއެވެ. އަދި އެހެންމެ ޓީމްގެ އެންމެ ތަޖުރިބާ ކާރު ކުޅުންތެރިޔާ މުޙައްމަދު އަޔާޟަށް ލިބުނު ހުސް ފުރުސަތުގެ އިތުރުރުން އަޙްމަދު ފަޔާޟަށް ލިބުނު ހުސް ފުރުސަތުވެސް މީ ހަމަ މެޗްގައި ލީޑް ފުޅާކުރުމަށް ލިބުނު ރަގަޅު ފުރުސަތު ތަކެކެވެ.

ދެވަނަ ހާފަށް ކިހާދޫ ޓީމުން ނިކުތީ ލިބިފައިވާ ލީޑް ދަމަހައްޓުމުގެ އިތުރުން ލީޑްފުޅާވެސް ކުރުމުގެ އަޒުމުގައެވެ. ދެވަނަ ހާފްގައިވެސް ކިހާދޫ ޓީމުން މެޗްގެ ޑޮމިނޭޓް ކުރި ނަމަވެސް ޓީމް ކޮންމެވެސް ވަރަކަށް ޕްރެސަރަށް ދިޔަކަންފާހަގަކުރެވުނެވެ. އެގޮތުން ތަކަންދޫގެ ގިނަ ހަމަލާތައްވަނީ ގޯލްކީޕަރ އިބްރާހިމް ވަސީމް ހުސިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ތަކަންދޫން މިގޮތަށް ޕްރެޝަރ ކޮށްތިއްބާ އަނެއްކާވެސް ފެނިގެންދިޔައީ ކައުންޓަރ އެޓޭކެއްގައި ކެޕްޓަން އަބްފުﷲ ފައިސަލްގެ ގޯލަށް ފޮނުވާލިބޯޅަ ތަކަންދޫ ކުޅުންތެރިންގެ ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަންތަނެވެ. މިގޯލާއެކު ކުރީ ދެމެޗުންވެސް ބަލިވި ތަކަންދޫ ޓީމްގެ ބައެއް ކުޅުންތެރިންގެ ފަރާތުން މާޔޫސްކަން ފެނުނަމަވެސް ފަހުވަގުތާހަމައަށް ހިތްވަރުކުރިއެވެ.

މިމޮޅާއެކު ކިހާދޫ ޓީމު ދެވަނަ ބުރަށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަތުރުކުރިއިރު، ބ.ހިތާދޫ އަދި ތުޅާދޫވެސް ވަނީ ގުރޫޕް އެއްވަނަ ޓީމުގެ ގޮތުގައި ގަދަ 16 އަށް ދަތުރުކޮށްފައެވެ. މިއާއެކު ބ.އަތޮޅުގެ 3 ޓީމްވެސް މިފަހަރު މިވަނީ ގުރޫޕްގެ އެއްވަނާގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދާފައެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ