ކިހާދޫ ފުޓްސަލް ޓީމް ކުއާޓަރ ފައިނަލަށް ދަތުރުކޮށްފި.

0

މާކިއުރީ އެޗްއޭއެފް” އައިލޭންޑް ފުޓްސަލް މުބާރާތުގެ ކުއާޓަރ ފައިނަލުން ބ. ކިހާދޫ ޖާގަ ހޯދައިފިއެވެ.
ކިހާދޫ މުބާރާތުގެ ކުއާޓާފައިނަލަށް ދަތުރުކުރީ ރޭ ކ.ގުޅީ ޓީމާ ބައްދަލުކުރި މެޗު 2-4 އިން ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި ކިހާދޫ ޓީމުގެ ގޯލްތައް ޖަހާފައިވަނީ ގުޅީ ޓީމުން މެޗް ފެށިތަނާހެން ލީޑް ނަގާފައިވަނިކޮށެވެ. ގުޅީ ޓީމުން ލީޑް ނެގިނަމަވެސް ކިހާދޫ ޓީމު ދަޑުމަތިން ފެނިގެންދިޔައި ވަރަށްވެސް ހަމަޖެހިލާގެން ކުޅެން ފެށިތަނެއެވެ. އެގޮތުން ކިހާދޫ ޓީމުން ލަނޑު ޖަހާ މެޗް ނަތީޖާ ހަމަކުރިއެވެ.
އަނެއްކާވެސް ފެނިގެންދިޔައީ ކިހާދޫ ޓީމުގެ ޑިފެންސް އިން ހެދި ގޯހެއްގެ ފައިދާ ނަގާ ގުޅީ ޓީމުން ލަނޑު ޖަހާ މެޗްގެ ނަތީޖާ އަނެއްކާވެސް ގުޅީކޮޅައް އަބުރާލިތަނެއެވެ. ކިހާދޫ ޓީމުން އަނެއްކާވެސް ގުޅީ ގޯލަށް ނުރައްކާ ކޮށް ގޯލް ޖަހާ މެޗްގެ ނަތީޖާ އަނެއްކާވެސް ހަމަހަމަ ކުރިއެވެ. މެޗް ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމް 2 ލަނޑު 2 ލަނޑުން އެއްވަރުވެގެންނެވެެ.
ދަވަނަ ހާފް ފެށިގެންދިޔައީ ކިހާދޫ ޓީމުން މެޗްގެ ކޮންޓްރޯކޮށް ގިނަހަމަލާތައް ގުޅީގެ ގޯލަށް ފޮނުވަމުންދިޔަތަނެެވެ. އެގޮތުން ކިހާދޫ ޓީމުން މެޗް ނިމެން 10 މިނެޓަށް ވެފައިވަނިކޮށް މެޗްގެ ލީޑްނަގާ ހަމަޖެހިލައިގެން ކުޅެ ލީޑް 2 ގޯލައަށް ފުޅާކުރިއެވެ.
ކިހާދޫ ޓީމަށް ލަނޑުތައް ޖަހާދީފައިވަނީ މެޗް މޮޅުކުޅުންތިޔާއަށް ހޮވުނު މުޙައްމަދު އަޔާޟް، ހުސައިން ސާމިރު އަދި އިބްރީމް ފަޒީލް އެވެ. ކިހާދޫ ކުއާޓަރ ފައިނަލްގައި ކުޅެންޖެހޭނީ ދ.މާއެބޫދޫ ޓީމާއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ