ކިހާދޫ ޓީމް ކުޅުންތެރިން : ހަސަން ޝަފީއު

0

ފުރިހަމަ ނަން: ހަސަން ޝަފީއު
އުމުރު: 21 އަހަރު
މަޤާމް: ލާސްޓް ޑިފެންޑަރ

މިއަހަރު ބ.އަތޮޅު ފުޓުބޯޅަމުބާރާތުގައި ކިހާދޫ ޓީމުގެ ކެޕްޓަންކަން ކުރާނެ ކުޅުންތެރިޔަކީ ހަސަން ޝަފީއު، ހަސަންޓެއެވެ. ހަސަންޓެއަކީ ހުނަރުގެ ގޮތުން ބަލާއިރު މިވަގުތު ކިހާދޫޓީމުގައި ހުރި އެންމެ އިތުބާރުކުރެވޭ އެއް ޑިފެންޑަރެވެ. އަތޮޅުން ބޭރުގައިވެސް ކުޅެފައިވާ ހަސަންޓޭގެ ތަޖުރިބާ އޭނާގެ މަޤާމުގައި، މިމުބާރާތުގައި ކުޅޭ އެހެން ކުޅުންތެރިންނާ އަޅާބަލާއިރު ވަކި މަދެއްނުވާނެއެވެ.

އޭދަފުށީ ދަނޑުގައި މާބޮޑު ތަޖުރިބާއެއް ނެތްކަމަކު ހަސަންޓޭއަކީ ކޮންމެ ދަނޑަކަށްވެސް ފިޓު ފުޅިމަދު އުނގުރިއެކެވެ. ކުޅޭމަގާމުގެ ބުރަބޮޑު ކަމާއެކުވެސް، މަގާމުގައި ސާބިތުކަންދައްކާ ފަހުލަވާނެކެވެ. ބުންވަރުގެ ގޮތުންނާއި ޖިސްމާނީ ގޮތުން މަގާމާއި އެކަށޭނަ ހުނަރުތަކެއް ލިބިފައިވާ އާރުކާޓީއެކެވެ.އެހެން ކަމުން، ކިހާދޫ ޓީމުގެ ޑިފެންސްލައިން ފޫއަޅުވާލުމަކީ އެހެން ޓީމުތަކުގެ ފޯވާޑުންނަށް ފަސޭހަކަމަކަށް ނުވާނެއެވެ.

މިމުބާރާތުއައި ހަސަންޓޭގެ އެންމެބޮޑު އެއް އަޒުމަކީ ކިހާދޫ ޓީމަށް ތަށިހޯދާދިނުމެވެ. އޭނާގެ އެންމެބޮޑު އެއް އުންމީދަކީ އޭނާގެ މަޤާމް ދިފާއުކުރުމެވެ. އަދި ފަސްޓް ޑިވިޝަންގެ ކުލަބަކަށް ކުޅުމަކީވެސް ހަސަންޓެ ދެކެމުންއަންނަ ހުވަފެނެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ