ކިހާދޫ ޓީމްގެ ކުޅުންތެރިން: މުޙައްމަދު އަޔާޒް

0

ފުރިހަމަ ނަން: މުޙައްމަދު އަޔާޒް
އުމުރު: 24 އަހަރު
މަޤާމް: މިޑްފީލްޑް
ކިހާދޫ ޓީމުގެ މެދުތެރެއަށް ކުޅޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔަކީ އަޔާޒްއެވެ. އަޔާއަކީ އެކި އަތޮޅުތަކުގައި ގިނަ މުބާރާތްތަކެއް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ދެވަނަ އަދި ތިންވަނަ ޑިވިޝަންގައިވެސް ކުޅެފައިވާ އަޔާއަކީ މަތީލެވެލްގައި ކުޅުމުގެ ފުރުޞަތު ލިބިފައިވާ ކިހާދޫ މަދު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.
2013ވަނަ އަހަރު ކުލަބް މޯލްޑިވްސް ކަޕްގައި އެމް.ޕީ.އެލް އަށް ތަށި ހޯދައި ދިނުމުގައި، އަދި 2014 ވަނަ އަހަރު ސެމީއާހަމައަށް އެމް.ޕީ.އެލް ގެންގޮސްދިނުމުގައި އަޔާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެހެން ކަމުން މިތަޖުރިބާއަކީ ކީހާދޫ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ވަރަށް މުހިންމު އެއްޗަކައް ވާނެއެވެ.
އަޔާއަށް ލިބިފައިވާ އެންމެ ތަފާތު އެއްހުނަރަކީ ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. އަދި ހަމައެހެންމެ ރަނގަޅުވަގުތު ރަނގަޅުތަނަށްދޭ ބޯޅަތަކެވެ. މެދުތެރޭން ކުރިޔައް ކުޅޭއިރު އަޔާ ފާހަގަކުރެވެނީ ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ. ޓީމެއްގެ ގޮތުގައި ކުޅުވުމުގައި އަޔާގެ ދައުރު އަދިވަކިން ބޮޑަށް ފާހަގަކުރެވެއެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ