ކިހާދޫ ޓީމް ކުޅުންތެރިން : ހުސެން އީމާން

0

ފުރިހަމަ ނަން: ހުސެން އީމާން
އުމުރު: 17 އަހަރު
މަޤާމް: ފޯވާޑް
މިއަހަރު ބ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކިހާދޫ ޓީމުން ވިދާލާނެ ކަމަށް ބެލެވޭ އެއްކުޅުންތެރިޔަކީ ހުސެން އީމާނު، މާނުއެވެ. ކިހާދޫ ޓީމުގައި ހިމެނޭ އެންމެ ހަގު ކުޅުންތެރިޔަކީވެސް މާނުއެވެ. މާނަށް މިމަހު 23 ގައި 18 އަހަރު ފުރޭއިރު މާނުގެ ފުޓްބޯޅަ މުސްތަގުބަލް އަދި ފެންނަނީ ވަރަށް އުޖާލާކޮށެވެ. ކިހާދޫގައި މިވަގު ހުރި އެންމެ ހިފަހައަޓަން އުނދަގޫ ފޯވާޑް ކުޅުންތެރިޔަކީ މާނުކަމާމެދު އެކަކުވެސް ދެބަހެއްނުވާނެއެވެ.

މާނަކީ އިދިކޮޅު ޓީމުތަކުގެ ޑިފެންސް ލައިން ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ ކޮއްޓުމާއި ނެއްޓުމުގެ ހުނަރުހުރި، ދުވެލިބާރު ކުޅުންތެރިޔެކެވެ. ބޮޑެތި މެޗުތަށް ކުޅުމުގެ ތަޖުރިބާމަދެއްކަމަކު، ތަޖުރިބާކާރު ކުޅުންތެރިންހެން ކުރިމަތީގައި ޖާދޫދެއްކޭފަދަ ހުނަރުވެރި ކުޅުންތެރިއެކެވެ. ފަހުވަގުތާޖެހެންދެން ހިއްވަރު އެލުވާނުލާ މަސައަކަތްކުރާ ނަތީޖާ ބަދަލުކޮށްލާފަދަ ކުޅުންތެރިޔެކެވެ.

ކަނާތުފައިން ކުޅުނެއްކަމަކު ފުޓްބޯޅައިގައި މާނު ނަމޫނާއަކަށްބަލާ ކުޅުންތެރިޔަކީ މެސީއެވެ. ގައުމީޓީމަށްކުޅުމަކީ އެންމެކުޑައިރުއްސުރެ މާނު ދެކެމުން އަންނަ ހުވަފެނެކެވެ. އެހެންކަމުން ގައުމީ ޓީމަށް ކުޅުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށް ކުރާދަތުރުގައި މިމުބާރާތް މާނުއަށް ވަރަށް މުހިންމުވާނެއެވެ. މިއީ މާނުގެ ފެންވަރު ދައްކާލަން ލިބޭ ރަނުގެ ފުރުޞަތެކެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ