ކިހާދޫ ޓީމްގެ ކުޅުންތެރިން : ޢަބްދުﷲ ފައިސަލް

0

ފުރިހަމަ ނަން: އަބްދުﷲ ފައިސަލް
އުމުރު: 28 އަހަރު
މަޤާމް: މިޑްފިލްޑަރ

މިއަހަރުގެ ބ.އަތޮޅު ފުޓުބޯޅަމުބާރާތުގައި ކިހާދޫ ޓީމުގައި ފެނިގެންދާނެ އެންމެ ތަޖުރިބާ ކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ފައިސަލް ( ފައި ) އަކީ މިވަގުތު ކިހާދޫޓީމުގައި ހުރި އެންމެ އިތުބާރުކުރެވޭ އެއް މިޑްފިލްޑަރެވެ.

އޭދަފުށި ދަނޑަށް ހޭނިފައިވާ މިކުޅުންތެރިޔާ ރާއްޖޭގެ މަޝްހޫރު ކޯޗުންގެ ލޮލުގައި ފުރަތަމަ އަޅައިގަތީ 2005 ވަނަ އަހަރު އަޟްޙާ އީދުގައި އޭދަފުށީ ގައި ބޭއްވި މުބާރާތުގައި ކިހާދޫ ޓީމަށް ދެއްކި މޮޅުކުޅުމާއެކުގައެވެ. އެގޮތުން ރާއްޖޭގެ ނަންމަޝްހޫރު ކުލަބްތަކުން ހުށަހެޅުންތައްވެސް ލިބިގެންދިޔަ ނަމަވެސް ވަޒީފާގެ ގޮތުން އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ނުވިޔަސް، އަދިވެސް އޭނާއަކީ ކޯޗުންގެ ރުހުމާ ލޯބި ލިބިފައިވާ ކުޅުންތެރިއެވެ.

ކިހާދޫ ޓީމަށް ލިބިގެންދާ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީމްގައި ގޯލްކީޕަރ ފިޔަވައި ކޮންމެތާކަށް ކުޅެންޖެހުނަސް ފަސްނުޖެހި ކޯޗުން ހިތްހަމަ ޖެހޭފެންވަރަށް ކުޅުމުގެ ޤާބިލްކަން ފައިއަށް ލިބިފައިވުމެވެ. 2012 ވަނަ އަހަރު ކިހާދޫ ޓީމަށް ގެނައި ކޯޗް މުބާރާތް ފެށެން ހަފްތާއަކަށް ވެފައިވަނިކޮށް ޓީމަށްގެނައި ބަދަލަކީ ކިހާދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑުވެގެންވާ ސިހުމެކެވެ. ފެށުނީއްސުރެ މެދުތެރެއަށާއި ފޯވާޑަކަށް ކުޅެ ކުޅެމުންއައި ފައި ޓީމުގެ ވާތްފަތާތުން ޑިފެންސަށް ކުޅުވުމަށް ކޯޗް ނިންމުމާގުޅިގެން ޓީމުގެ ބައެއް ކުޅުންތރިންނާ ރަށުގެ ރައްޔިތުންގެ ފަރާތުން މޮޅިވެރިކަން ފެނުނެވެ. އެކަމަކު މުބާރާތް ނިމުމުން ރައްޔިތުންނާއި ކުޅުންތރިންގެ ފަރާތުން ކޯޗަށާއި ފައި އަށް ލިބިގެންދިޔައީ ތަޢުރީފްގެ ބަސްތަކެވެ. ފައި އެމަޤާމަށް ކުޅުނުލެ މޮޅުކަމުންނެވެ.

ބާރަށް ބޯޅައިގައި ޖަހާ ފައި އަކީ ވަރަށްވެސް އަޙްލާގު ރަގަޅު ކުޅުންތެރިއެއްވެސް މެއެވެ. ފައުލްތައްމަދު އަބަދުވެސް ހިނިތުންވެފައި ހުން ފައިގެ އަޒުމަކީ ކިހާދޫ ޓީމަށް ތަށިހޯދާދީ ކިހާދޫ ރައްޔިތުން ހިނިތުންވުން ކުރުވުމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ