ކިހާދޫ ޓީމްގެ ކުޅުންތެރިން : ހުސެން ސާމިރު

0

ފުރިހަމަ ނަން: ހުސެން ސާމިރު
އުމުރު: 20 އަހަރު
މަޤާމް: ފޯވާޑް

މިއަހަރު ބ.އަތޮޅު ފުޓްބޯޅަ މުބާރާތުގައި ކީހާދޫޓީމުގެ ފޯވާޑު ލައިން ހުސެން އީމާނުއާއެކު ބަލަހަށްޓާނެ ދެވަނަ ކުޅުންތެރިޔަކީ ހުސެން ސާމިރު(ރެޓޭ) އެވެ. ސާމިރުގެ ކުޅުން ގިނަބައެއްގެ ލޮލުގައި އަޅައިގެންފައިވަނީ މިއަހަރު އޭދަފުށީގައި ބޭއްވި ރިސޯޓް މުބާރާތުގައި ކިހާދުއްފަރު ޓީމުންނެވެ. އެމުބާރާތުގައި ކިހާދުއްފަރު ޓީމު ސެމީފައިނަލާ ހަމައަށް ގެންގޮސް ދިނުމުގައި ސާމިރުވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ސާމިރަކީ ކުރިޔަށް ކުޅެންޖެހުނަސް ފަހަތަށް ކުޅެންޖެހުނަސް ކުޅެވޭފަދަ ތަފާތު ކުޅުންތެރިއެކެވެ. ދުރުން ޝޮޓް ހަދާ ބޯޅައިގައި ބާރަށް ޖަހާކުޅުންތެރިޔެކެވެ. ޖިސްމާނީގޮތުން ވަރުގަދަ ކުޅުންތެރިޔެކެވެ. ކުޅޭކުޅުމުގައި ކުޅިވަރުގެ ރޫހޫދަމަހައްޓާ ވާދަވެރި ކުޅުމެއްކުޅޭ ކުޅުންތެރިޔެކެވެ.

ރާއްޖޭގެ ބޮޑެތި ކުލަބްތަކުން ހުށަހެޅުންތައް އައިނަމަވެސް މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ސާމިރުވަނީ އެފުރުޞަތުތައް ދޫކޮއްލާފައިވެ. އެހެން ނަމަވެސް، ގައުމީ ފެންފަރުގައި ކުޅުމުގެ ޢަޒުމް އަދިވެސް ސާމިރު ދޫކޮށެއްނުލައެވެ. މުބާރާތް ކައިރިވަމުން އަންނައިރު ސާމިރުގެ އެންމެބޮޑު އެއް ހިތާމައަކީ ރަށުން ބޭރުގައި ވަޒީފާ އަދާކުރަން ޖެހުމުގެ ސަބަބުން ބަރާބަރަށް ފަރިތަކުރުންތަކުގައި ބައިވެރި ނުވެވުމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ