ކިހާދޫ ޓީމްގެ ކުޅުންތެރިން : އިބްރާހީމް ފަޒީލް

0

ފުރިހަމަ ނަން: އިބްރާހީމް ފަޒީލް
އުމުރު: 28 އަހަރު
މަޤާމް: މިޑްފީލްޑް

ކިހާދޫގައި މިވަގުތުހުރި އެންމެ ތަޖުރިބާކާރު އެއް މިޑްފީލްޑް ކުޅުންތެރިޔަކީ އިބްރާހީމް ފަޒީލްއެވެ. ފައްޒައޭ ބުނެފިނަމަ ބ.އަތޮޅުގެ ފްޓްބޯޅަ ދަންނަ ކޮންމެމީހަކަށްވެސް އެއީ ކާކުކަން އެނގޭނެއެވެ. ފައްޒައަކީ ބ.އަތޮޅު ގިނަޓީމުތަކުން ޖެހިލުންވާ ހުނަރުވެރި ކުޅުންތެރިޔެކެވެ. ފައްޒަކުޅޭ މެޗުތަކުގައި އިދިކޮޅު ޓީމުތަކުން ޚާއްޞަ ސަމާލުކަމެއް ދީގެން ފައްޒަ ހުއްޓުވަން މަސައްކަތްކުރާކަމީ ދެބަސްވެވޭނޭ ކަމެއްނޫނެވެ.

ފައްޒައަކީ ކުޑައިރުއްސުރެ ގިނަބައެއްގެ ލޯތަކުގައި އަޅައިގެންފައިވާ ކުޅުންތެރިޔެކެވެ. ޔޫތް ކަޕްގައި އެބުލީޝޫޓަށް ކުޅެންފެށިއިރު ފައްޒަގެ އުމުރުން އެންމެ 14 އަހަރެވެ. އަދި އުމުރުން 15 އަހަރުގައި ކިހާދޫ ޓީމުގެ ފުރަތަމަ 11އިން ވަނީ ޖާގަހޯދާފައެވެ. އޭދަފުށީގައި ކިޔަވަން އުޅުނު ދުވަސްވަރު ފައްޒަވަނީ އެރަށުގައި ބޭއްވުނު ގިނަ މުބާރާތްތަކެއްގައި ކުޅެފައިވެ. އޭދަފުށީ ކުޅުންތެރިންނަށް ފައްޒަގެ ހުނަރުވެރިކަން ފާހަގަ ކުރެވެންފެށީ މިދުވަސްވަރުގައެވެ. ނަތިޖާއެއްގެގޮތުން އޭދަފުށީ ޓީމަށް ކުޅުމުގެ ފުރުޞަތު ފައްޒައަށް ލިބުނެވެ. އެގޮތުން 3 އަހަރެއްގެ ޒޯންމުބާރާތުގައި ފައްޒަވަނީ އޭދަފުށީ ޓީމަށް ކުޅެދީފައެވެ. އަދި ސެކަންޑް ޑިވިޝަންގައިވެސް އޭދަފުށީ ޓީމަށްވަނީ ކުޅެދީފައިވެއެވެ.

މިހާރު ފައްޒަ ކުޅެމުން އަންނަނަނީ ކްލަބް ވެލެންސިޔާއަށެވެ. އަންނައަހަރު ވިކްޓްރީ ނުވަތަ ބީޖީންފެނުމަކީ އެކަށީގެންވާ ކަމެކެވެ. މިއަހަރު ބ.އަތޮޅު ފުޓްބޯޅަ މުބާރާތާ ކުރިމަތިލާއިރު ޓީމާދޭތެރޭ ފައްޒައަށް އޮތް އެންމެބޮޑު އެއް ހިތްހަމަޖެހުމަކީ މާނު ރަންގަޅު ފޯމެއްގައި ހުރުމާއި އަޔާ އަދި ނަސީ ޓީމުގައި ހުރުމެވެ. އެހެން ކުޅުންތެރިންނެކޭ އެއްފަދައިން ފައްޒަގެވެސް މިފަހަރުގެ ޢަޒުމަކީ އަމިއްލަ ކުރިއެރުމަށްވުރެ ބޮޑަށް ރަށަށް ރީތިނަމެއް ހޯދައިދިނުމެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ