ކިހާދޫ ޓީމްގެ ކުޅުންތެރިން: ހުސެން ޝާފިއު

0

ފުރިހަމަ ނަން: ހުސެން ޝާފިއު
އުމުރު: 21 އަހަރު
މަޤާމް: ފޯވާޑް

މި އަހަރުގެ ބ.އަތޮޅު ފުޓޮބޯޅަ މުބާރާތުގައި ކިހާދޫ ޓީމުން، ކަނާތުފަޅިން އިދިކޮޅުޓީމަށް ހަމަލާދިނުމަށްޓަކައި ބޭނުންކުރާނެ އެއް ހަތިޔާރަކީ ހުސެން ޝާފިއު، ބާބި އެވެ. މީގެކުރިން ކިހާދޫ ކުޅުނުމެޗުތަކުގައި ބާބިވަނީ އޭނާގެ ވިހަގަދަކަން އިދިކޮޅު ޓީމުތަކައް ދައްކާފައެވެ. ބާބިގެ އެންމެ ތަފާތު އެއްކަމަކީ އޭނާގެ ފަހެލިކަމެވެ. ކުޅުންތެރިން ކައިރިން ނައްޓުވާލާލެއް ފަސޭހަކަމެވެ. ބާބި އަބަދުވެސް ފާހަގަކުރެވެނީ ޔަގީންކަމާއެކު ވަރަށް ހަމަޖެހިލައިގެން،ފަސޭހަކުޅުމެއްކުޅޭ ކުޅުންތެރިޔެއްގެ ގޮތުގައެވެ.

ބާބިއަކީ އޭދަފުށީދަނޑަށް އާކުޅުންތެރިޔެއް ނޫނެވެ. އޭދަފުށީގައި ކިޔަވަން އުޅުނުދުވަސްވަރު ބާބި ވަނީ އޭދަފުށީދަނޑު ދަސްކޮށްފައެވެ. ބާބިއަށް އޭދަފުށީދަނޑުގައި ނުދެއްކުނު ކުޅުމެއް އޭދަފުށީދަނޑުގައި އޭދަފުށީ ކުޅުންތެރިންނަށްވެސް ދެއްކިދާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިއަހަރު އޭދަފުށިގައި ކުޅުނު ރިސޯޓް މުބާރާތުގައި ބާބިވަނީ އޭނާގެ ހުނަރުވެރިކަން ދައްކާލާފައެވެ. މި މުބާރާތުގައި ރޯޔަލް ފައިނަލައް ދިއުމުގައި ބާބިގެ ހިއްސާ ވަކިކުޑައެއް ނޫނެވެ.

ބާބިއަކީވެސް ރެޓޭ އެކޭ އެއްގޮތައް ފަރިތަކުރުން ތަކުގައި ބައިވެރި ނުވެވުމުގެ ހިތާމަކުރަކުޅުންތެރިޔެކެވެ. އެހެން ނަމަވެސް ބުންވަރު އިތުރުކުރުމުގެ ގޮތުން ބާބި އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޝެއާކުރައްވާ

ޚިޔާލު ފާޅުކުރަށްވާ